Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

ބެލުންތެރިންނާއި ތަރިން ސިއްސުވާލީ ނޮމިނޭޝަންތަކުން އެއްވަނައަށް ދިޔަ މީހުން އިޢުލާންކުރި ހިސާބުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 11:44
 ހިންދީ ފިލްމް އެވޯޑްސް 2017

ހިންދީ ފިލްމް އެވޯޑްސް 2017

ޒަމާނުއްސުރެން ފެށިގެން ބޮލީވުޑްގައި ބާއްވަމުން އަންނަ ފިލްމު ފެއާ އެވޯޑް މި އަހަރު ވެސް ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

ޝާހުރުކްޚާން، ކަރަން ޖޯހަރު އަދި ކަޕިލް ޝަރްމާ ހޯސްޓްކޮށްފައިވާ މި އެވޯޑް ހަފްލާ ފުރިހަމަކޮށްދީފައިވަނީ އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، ވަރުން ދަވަން އަދި ސިދްހާތް މަލޯތްރާ ފަދަ ބޮލީވުޑްގައި ވިދަމުން އަންނަ ތަރިންގެ ބައިވެރިވުމާއި އެކުގައިއެވެ.

އެވޯޑް ހަފްލާ ބޭއްވުމުގެ ދުވަސްކޮޅެއްކުރިން ހަފްލާގައި ދޭ އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ލިސްޓެއް ނެރެފައި ވާއިރު، މި ލިސްޓާ ދޭތެރޭ ބައެއް ތަރިން އަދި ބެލުންތެރިންގެ ތެރޭގައި ތަފާތު ޚިޔާލުތައް ވަނީ އުފެދިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ " ރުސްތަމް" ނުވަތަ " އެއާލިފްޓް" ގެ އެވޯޑަކަށް އަކްޝޭކުމާރު ނޮމިނޭޓްވެފައި ނުވާތީ އެކަމާ ގުޅިގެން އުފެދިގެންދިޔަ ތަފާތު ޚިޔާލުތަކެވެ.

ނޮމިނޭޝަން ލިސްޓު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ބެލުންތެރިންނާއި ތަރިން ސިއްސުވާލީ ނޮމިނޭޝަންތަކުން އެއްވަނައަށް ދިޔަ މީހުން އިޢުލާންކުރި ހިސާބުންނެވެ.

އެގޮތުން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް އާމިރް ޚާން އަށް " ޑަންގާލް" ފިލްމްއިން ލިބިފައިވާއިރު " އުޑްތާ ޕަންޖާބް" އިން އާލިއާ ބަޓްއަށް ވަނީ އެންމެ މޮޅު އަންހެން އެކްޓަރުގެ މަޤާމް ލިބިފައިއެވެ. ހަމައެހެންމެ ބެސްޓް ފިލްމުގެ އެވޯޑަށް " ޑަންގާލް" އަށް ލިބިފައިވާއިރު، ނިތޭޝް ތިވާރީ އަށް ވަނީ މި ފިލްމުން ބެސްޓް ޑައިރެކްޓަރގެ މަޤާމު ލިބިފައިއެވެ. ހަމައެއާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ޝިޔާމް ކައުޝަލް އަށް ފިލްމް " ޑަންގާލް" އިން ބެސްޓް އެކްޝަން ފިލްމުގެ އެވޯޑްވެސް ލިބިފައިވާކެމެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިލްމް ފެއާ އެވޯޑްގައިވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައެވެ. އެގޮތުން މި އެވޯޑް މިފަހަރު ލިބިފައިވަނީ ޝަޓްރުގަން ސިންހާއަށެވެ. ހަމައެއާއެކު ބެސްޓް ސްކްރީން ޕްލޭ އަދި ބެސްޓް ސްޓޯރީ ކަޕޫރު އެންޑް ސަންސް އިން އައިޝާ ދެވިތްރޭ އާއި ޝަކްތުން ބަތްރާއަށް ވަނީ ލިބިފައިއެވެ.

މި އެވޯޑް ހަފްލާގައި " އުޑްތާ ޕަންޖާބު" އަދި ފިލްމް " ޑަންގާލް" އަށް ތަފާތު ހަތަރު އެވޯޑް ލިބިފައިވާއިރު ރާމް މަދަވަނީ ޑައިރެކްޓްކޮށްފައިވާ ފިލްމު " ނީރްޖާ" އަށްވަނީ ތަފާތު 6 އެވޯޑް ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު