Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޮޑެލް

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

ވީޑިއޯ އިން ފެންނަނީ މީހެއްގެ އަތުގައި ހިފައިގެން އިމާރާތުގެ ބޭރަށް ވެއްޓޭ ފަދަ ގޮތަކަށް ހަރަކާތްތަކެއް ދައްކާލާ މަންޒަރު

އަލީ ޔޫސުފް
އަލީ ޔޫސުފް | 21 ފެބުރުއަރީ 2017 | އަންގާރަ 11:30
ރަޝިޔާގެ މޮޑެލް ވިކްޓޯރިއާ އޮޑިންކޯވާ ދުބާއީގެ 73 ބުރީގެ ކޭޔަން ޓަވަރުގެ މަތީގައި

ރަޝިޔާގެ މޮޑެލް ވިކްޓޯރިއާ އޮޑިންކޯވާ ދުބާއީގެ 73 ބުރީގެ ކޭޔަން ޓަވަރުގެ މަތީގައި

ދިހަ ބުރީގެ އިމާރާތެއްގެ މަތީގައި ހުރެ ތިރި ބަލާލަން ކެރެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ބިރު ނުގަންނަ ނަމަ އެއަށް ވުރެ ތަންކޮޅެއް މައްޗަށް އަރަމާ ހިނގާށެވެ. ގާތްގަނޑަކަށް 25 ބުރީގެ އިމާރާތެއްގެ ބެލްކަނީއަށް ނުކުމެލަން ހިނގާށެވެ. ދެން ވެސް ގޮތެއް ނުވާ ނަމަ 73 ބުރީގެ އުސް އިމާރާތެއްގެ މަތިން ތިރި ބަލާލަން ކެރޭނެ ހެއްޔެވެ؟ ހަމަ އެކަނި ތިރި ބަލާލަނީކީ ނޫނެވެ. އެއްވެސް ރައްކާތެރިކަމެއް ނެތި އިމާރާތުގެ ވަށައިގެން ހުރި ބީމްތަކަށް އަރައި ގޮތް ގޮތަށް ވީޑިއޯ ވެސް ނަގަނީއެވެ.

ޑެއާޑެވިލް ހަރަކާތްތަކަށް ލޯބިކުރާ ރަޝިޔާގެ މޮޑެލް ވިކްޓޯރިއާ އޮޑިންކޯވާ ދާދި ފަހުން ދުބާއީ އަށް ކުރި ދަތުރެއްގައި ދުބާއީގެ ކޭޔަން ޓަވަރުގެ މަތީގައި ވަނީ މިފަދަ ހަރަކާތްތަކެއް ދައްކާލާފައެވެ. ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި އުމުރުން 23 އަހަރުގެ އޮޑިންކޯވާ ވަނީ 73 ބުރި އުހުގައި އިތުރު މީހަކާ އެކު ވީޑިއޯތަކެއް ނަގައި މިދިޔަ ހަފުތާގެ ތެރޭގައި އެ ވީޑިއޯ އާންމުކޮށްފައެވެ. މި ވީޑިއޯ އިން ފެންނަނީ މީހެއްގެ އަތުގައި ހިފައިގެން އިމާރާތުގެ ބޭރަށް ވެއްޓޭ ފަދަ ގޮތަކަށް ހަރަކާތްތަކެއް ދައްކާލާ މަންޒަރެވެ.

މި ވީޑިއޯ ބެލި ގިނަ މީހުން ބުނެފައި ވަނީ ވީޑިއޯ ބަލަމުންދިޔަ އިރު މޭގަނޑު އަނގަޔަށް އަންނަ ވަރުވާ ކަމަށެވެ.

މި ވީޑިއޯއާ ގުޅިގެން ދުބާއީގެ ފުލުހުން ވަނީ އޮޑިންކޯވާ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ދުބާއީގެ މީޑިއާތަކުން ބުނެފައި ވަނީ އޭނާ ޕޮލިހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށާއި އަދި ދުބާއީގައި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ތަކުރާރުނުކުރުމަށް އިންޒާރުކޮށްފައިވާ ކަމަށެވެ. އެފަދަ ކަމެއް ކުރަން ބޭނުން ނަމަ ކަމާ ބެހޭ ފަރާތްތަކަށް އަންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ނުރައްކާތެރި މަންޒަރުތައް ފެނިގެންދާ މި ވީޑިއޯ ކުރު މުއްދަތެއްގައި ގިނަ ބަޔަކު ބަލާފައި ވެއެވެ. އެ ގޮތުން މިހާތަނަށް ހަތަރު މިލިއަނެއްހާ ފަހަރު މި ވީޑިއޯ ބަލާފައި ވެއެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި

26 ޖޫން 2017
"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި
25 ޖޫން 2017

ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު

25 ޖޫން 2017
ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު
13 ޖޫން 2017

ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

13 ޖޫން 2017
ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
15 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟

15 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު