Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓެއިލާ ސްވިފްޓްް

އަހަރުގެ އެންމެ ގަދަ އަލްބަމަކަށް ރެޕިއުޓޭޝަން

އަލްބަމް ރިލީޒް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 05:54
ޓެއިލާ ސްވިފްޓް

ޓެއިލާ ސްވިފްޓް

މިއަހަރުގެ އެންމެ ގަދަ އަލްބަމަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓުގެ "ރެޕިއުޓޭޝަން" ހޮވިއްޖެއެވެ.

"ރެޕިއުޓޭޝަން"އަށް އަލްބަމް ނެރުނުތާ ހަފްތާއެއް ވެފައިވާއިރު 1.29 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައެވެ. ޓެއިލާ ވެފައިވަނީ އޭނާގެ 4 އަލްބަމް ނެރުނުތާ ހަފްތާ ތެރޭގައި އެއް މިލިއަން ޑޮލަރު ލިބުމުގެ ރެކޯޑް ވެސް ލިބުނު ހަމައެކަނި ލަވަކިޔުންތެރިޔާ އަށެވެ. ލަވަކިޔުންތެރިޔާ އަޑެލްއަށް މި ރެކޯޑް މުގުރާލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ބެކް ސްޓްރީޓް ބޯއިސް އަށް މި ރެކޯޑް މުގުރާލެވިފައި ވަނީ ދެ ފަހަރުއެވެ.

ޖުމްލަ 15 ލަވަ ހިމެނޭ ޓެއިލާގެ އާ އަލްބަމް "ރެޕިއުޓޭޝަން" ނެރެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މި އަލްބަމް ޕްރޮޑިއުސްކޮށްފައި ވަނީ ޓެއިލާގެ އިތުރުން ޖެކް އެންޓޮނޮފް، މެކްސް މާޓިން އަދި ޝެލްބެކްއެވެ. މުޅިއެކު 15 ލަވަ ހިމެނޭ މި އަލްބަމުގެ ދިގުމިނަކީ 58.33 މިނެޓެވެ.

"ރެޕިއުޓޭޝަން" އަށް ޓުއާއެއް ދޭން އުޅޭކަމަށް ޓެއިލާ ވަނީ މިދިޔަ ހަފްތާގައި އިއުލާން ކޮށްފައެވެ. ޓެއިލާގެ ވެބްސައިޓުގައި ވާގޮތުން އެ ޓުއާގެ ނަމަކީ "ޓެއިލާ ސްވިފްޓްސް ރެޕިއުޓޭޝަން ސްޓޭޑިއަމް ޓުއާ" އެވެ.

މި ޓުއާގެ ޓިކެޓްތައް ވިއްކަން ފަށާނީ އޭނާގެ 28 ވަނަ އުފަންދުވަހު އެވެ. ޓެއިލާގެ އުފަން ދުވަހަކީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

ނޯތު އެމެރިކާގައި މިމަހުގެ 28 އިން ފެށިގެން އެޑްވާންސްކޮށް ޓިކެޓް ވިއްކާނެ ކަމަށް ވެސް ޓެއިލާގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ. ޓިކެޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓިކެޓް މާސްޓާ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ ވެބްސައިޓުގައި ވެއެވެ. ބެލެވޭ ގޮތުގައި ޓެއިލާގެ މި ޓުއާ ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ.

"ރެޕިއުޓޭޝަން" ގެ ކުރިން ނެރުނު އަލްބަމް "1989" ގެ އަލްބަމަށް ވެސް ޓެއިލާ ވަނީ ޓުއާއެއް ދީފައެވެ. އެ ޓުއާގައި އޭނާއަށް ވަނީ 250 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ. ޓެއިލާގެ "1989" ނެރެފައިވަނީ 2014 ވަނަ އަހަރުގައެވެ.

ޓެއިލާގެ "ރެޕިއުޓޭޝަން" އަށް އޭނާގެ އެހެން އަލްބަމްތަކަށް ވުރެ ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ. ޓެއިލާ ވެފައިވަނީ މިދިޔަ އަހަރު ފޯބްސް މަޖައްލާއިން ނެރުނު އެންމެ ގިނައިން އާމްދަނީ ލިބޭ ފަންނާނުންގެ ތެރެއިން އެންމެ ކުރި ހޯދާފައިވާ ލަވަކިޔުންތެރިޔާއަށެވެ. ޓެއިލާ އެންމެ ކުރި ހޯދީ 170 މިލިއަން ޑޮލަރާއި އެކީގަވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު