Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން 2018

ރިލްވާން ވަނީ ނިޔާވެފައި، ޝައްކެއް ވެސް ނެތް: ރައީސް ޔާމީން

7 އޯގަސްޓު 2018 | އަންގާރަ 08:37

އަދީބު ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ރައްދު ދެއްވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 އޯގަސްޓު 2018 | އަންގާރަ 08:37
ރައީސް ޔާމީން

ރައީސް ޔާމީން

ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވާތާ ހަތަރު އަހަރު ފުރޭއިރު، އާއިލާ އިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އޭނާ މަރުވެފައިވާ ކަމަށް ރައީސް ޔާމީން ހާމަކުރެއްވީ ގދ. މަޑަވެލީގައި އެރަ ށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

"އަޅުގަނޑު ދެކެފިން އިނގޭތޯ ނޫހަކުން އަޅުގަނޑުގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް. މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލުވާނު. މިހާރު ވަނީ ނިޔާވެފައި. ޝައްކެއްވެސް ނެތް. ވަރަށް ހިތާމަވެރި ކަމެއް. އޭނަގެ މަރުގެ މައްސަލަ ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން އެކަން ހޯދުމަށް މަސައްކަތް ކުރަން އުޅެނިކޮށް ރައީސް ޔާމީން އެ ހުއްޓުވާލީއޭ. މިތިބީ ކެބިނެޓުގައި ތިބި ވަޒީރުން އޭރު ވެސް. އަޅުގަނޑުގެ ވާހަކައަކީ މިކަހަލަ ބޮޑު ބުހުތާން ދޮގު ބޮޑެތި ހުކުމް އައިސް ތިބި މުޖުރިމުން އެ ވާހަކަތައް ދެއްކީމަ އެވާހަކަތައް ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން," ރައީސް ޔާމީން ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވީ ރިލްވާންގެ މައްސަލަ ކެބިނެޓުން ބަލާފައި ނުވާނެ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ ކެބިނެޓު ފެންވަރުގައި ނަގައިގެން ކުރި މަސައްކަތަކީ އެމަނިކުފާނުގެ ލޯންޗު ގޮއްވާލި ހާދިސާ ކަމަށާއި އެ ލޯންޗު ގޮއްވާލަން އަދީބު މަސައްކަތް ކުރި ސަބަބު އޭނާ ވިދާޅުވާން ޖެހޭ ކަމަށެވެ.

މީހުންގެ މަރުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަންކަމަށް ފުލުހުން ޖަވާބުދާރީ ވެސް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އުޅެނީ މީހަކު މަރުވެގެން ކަމަށާއި އެއީ ދައުލަތަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

"މީހަކު މަރުވެގެން މި އުޅެނީ. މިއީ ދައުލަތައް ބޮޑުވާނެ ކަމެއް. މި ވާހަކަ މި ދެއްކި މީހާ މިބުނަނީ ކެބިނެޓުގެ ފެންވަރުގައި އެ މަސައްކަތް ކުރީމޭ. ނޫން. ކެބިނެޓުގެ ފެންވަރުގައި ނޫން މި މަސައްކަތް ކުރަނީ. ފުލުހުން ތަހުގީގު ކުރާ މައްސަލައެއް މީ. އަފްރާޝީމްގެ މަރުގެ މައްސަލަ ބެލެން ޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެލެން ޖެހޭ. ކިހިނެތްތޯ ކެބިނެޓުގެ ފެންވަރުގައި މިކަން ކުރާނީ. ކެބިނެޓުގެ ފެންވަރުގައި މިކަމެއް ނުކުރެވޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރިލުވާން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލަ އާއި ގުޅޭ ގޮތުން އަދީބުގެ އަތެއް ވާނެ ކަމަށް ތުހުމަތުތައް ކޮށްފައިވާއިރު ވަކީލުން މެދުވެރި ކުރައްވައި ނެރުއްވި ބަޔާނެއްގައި އަދީބު ވިދާޅުވީ، ރިލުވާން ގެއްލުވާލުމާ އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ރިލުވާން ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އަދީބު ވަނީ އިމިގްރޭޝަނާ ހަވާލުވުމަށްފަހު ރާއްޖެއިން ބޭރަށް ފުރުވާލި ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޮގު ކުރައްވާފައެވެ. ރިލުވާން ގެއްލުނު އިރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށެވެ.

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާ ކޮށްފައި ވަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް