Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤުރުއާން މުބާރާތް

ނ. އަތޮޅު ޤުރުއާން މުބާރާތް 2018 ނިންމައި ވަނަ ހޮވައިފި

ނ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މަގުސަދުގައި ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މުބާރާތެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2018 | ހޯމަ 07:43
ނ. އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ކައުންސިލް

ނ. އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ކައުންސިލް

ނ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ނ.އަތޮޅު ޤުރުއާން މުބާރާތް 2018" ނިންމައި ވަނަ ހޮވައިފިއެވެ.

މަނަދޫ ކައުންސިލުން ބުނީ މި މުބާރާތަކީ ނ. އަތޮޅު ރައްޔަތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނާއި، ހުނަރު އާލާކޮށްދިރުވުމާއި، ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ދަރިވަރުން އުފެއްދުމުގެ މަގުސަދުގައި ނ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށެވެ.

Advertisement - newsAdvertisement

މިމަހު 2 ން 4 ށް މަނަދޫގައި ކުރިއަށް ގެންދިޔަ މި ޤުރުއާން މުބާރާތުގައި ނުވަ ރަށަކުން 8 އުމުރުފުރައިން 114 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްއެވެ. މިމުބާރާތުގެ ހާއްސަ މެހްމާނުންގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޖޫނިއަރގެ ފަޚުރުވެރި 1 ވަނަ އަދި 2 ވަނަ ހޯދާފައިވާ ނ.އަތޮޅުގެ ދެ ދަރިވަރުން ކަމަށްވާ އަލްހާފިޡު ނާދިޙް ޢަބުދުލްހަމީދާއި މުޙައްމަދު ޝާޢީ މުބާރިކް ވަނީ ބައިވެރިވެފައިވެއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ޑރ އިޔާޒު

ކައުންސިލުން ބުނީ މިދެދަރިވަރުންނަށް އަތޮޅަށް ރީތިނަން ހޯދައިދީފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ނ.އަތޮޅު ކައުންސިލުން ފަރާތުން ހަނދާނީ އަށްޑަނައެއް އަރުވާފައިވާ ކަމަށެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ 1 ވަނަ ހާސިލްކޮށްފައިވަނީ ހޮޅުދޫ ފާތިމަތު ރަހާ ޒުހުރީއެވެ. 2ވަނަ އާމިނަތު ޝިބާ އަހުމަދު، އަދި 3 ވަނަ ހާސިލްކޮށްފައިވަނީ މަނަދޫއަށް އުފަން ފާތިމަތު ލުބާނާ ޢަބުދުއްރަހުމާނެވެ.

މުބާރާތުގެ ނުބަލާ ކިޔެމުގެ ގޮފީގެ 1 ވަނަ ހޮޅުދޫ ސައިމް ބިންތު އައްބާސް ހާސިލްކޮށްފައިވާއިރު 2 ވަނަ ހާސިލްކޮށްފައިވަނީ މާފަރު ލަމްސާ މުހައްމަދެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ ހޮޅުދޫ މުހައްމަދު ޒީކް ސިރާޖެވެ.

މުބާރާތުގެ 1 ވަނަ ރަށަކަށް ނ. ހޮޅުދޫ ހޮވިފައިވާއިރު 2 ވަނަ ރަށަކަށް ހޮވިފައިވަނީ ނ. މާފަރެވެ. އަދި 3 ވަނަރަށަކަށް ހޮވިފައިވަނީ ނ. ހެނބަދޫއެވެ.

މީގެ އިތުރުން އުމުރުފުރާތަކުގެ ވަނަތައްވެސް ވަނީ ހޮވާފައެވެ. މުބާރާތުގެ 1ވަނަ، 2ވަނަ އަދި 3ވަނައަށް ހޮވުނު ރަށްރަށަށް އެވޯރޑްދީފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.

މިޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ 1ވަނަ އަށް އަސްކޮއި އިންވެސްޓްމަންޓްގެ ފަރާތުން އުމުރާ ދަތުރެއް އަދި ނުބަލާކިޔެވުމުގެ ގޮފީގެ 1 ވަނައަށް ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ފަރާތުން ވަނީ އުމުރާދަތުރެއް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު