Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮބީ މަރާލި މައްސަލަ

ކުޑަކުއްޖަކު މަރަން ކުރި ހުކުމެއްގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަނީ

އޭނާއަށް މިހާރު ވަނީ 18 އަހަރު ފުރިފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އޯގަސްޓު 2018 | އާދީއްތަ 12:42
ސުޕްރީމް ކޯޓު:

ސުޕްރީމް ކޯޓު:

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު ހަތިޔާރުން ހަމަލާދީ ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މެރިކަމަށް ސާބިތުވި ކުޑަކުއްޖަކަށްކޮށްފައިވާ ހުކުމެއްގެ އިސްތިއުނާފު އަޑުއެހުން ދޮޅު އަހަރު ދުވަހަށްފަހު، ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފިއެވެ.

ބޮބީ މަރާލި މައްސަލާގައި ގަސްތުގައި މީހަކު މެރިކަން ސާބިތުވި ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މީގެ ހަ އަހަރު ކުރިން، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ގޯޅި ތެރޭގައި ބޮބީއަށް ހަމަލާދީ މަރައިލި މައްސަލާގައި މަރަން ހުކުމް ކުރީ ދެ ކުޑަކުއްޖެކެވެ. ކުށް ކުރި އިރު ކުޑަކުދިން ކަމަށްވިޔަސް އެ މީހުންނަށް މިހާރު ވަނީ 18 އަހަރު ފުރިފައެވެ. އެ ދެ މީހުން މަރަން ހައި ކޯޓުން ވަކިވަކިން ކޮށްފައިވާ ދެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އިސްތިއުނާފު ޝަރީއަތް ފަށަނީ އެކެއްގެ މައްޗަށެވެ.

ގ. ވޭރު އަބްދުލް މުހީތު (ބޮބީ): އޭނާ މަރާލުމުގައި ދެ ކުދިން ބައިވެރިވިކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވޭ.

އެގޮތުން އޭގެ ތެރެއިން އެކެއްގެ މައްޗަށް ކުރާ އިސްތިއުނާފުގެ އަޑުއެހުންތައް ހޯމަ ދުވަހުގެ ހެނދުނު 10:30ގައި ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

ބޮބީ މަރާލިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ އެ މީހުން މަރަން ދަށު ޖުވެނައިލް ކޯޓުން ހުކުމްގައި ބުނެފައި ވަނީ އުމުރުން 18 އަހަރު ނުވިޔަސް ބާލިޣު ވެފައިވާ ނަމަ ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އުމުރުން 15 އަހަރު ވެފައިވާ ނަމަ އެއީ ބާލިޣުވެފައިވާ މީހެއް ކަމަށް ބެލެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށާއި ބޮބީ މަރައިލި އިރު އެ ދެ ކުދިންނަކީ 15 އަހަރު ފުރިފައި ތިބި ދެ މީހުން ކަމަށެވެ.

ބޮބީ މަރާލިކަން ސާބިތުވެ، ދެ ކުއްޖަކު މަރަން ޖެވެނައިލް ކޯޓުން ކުރި ހުކުމަކީ އެ ކޯޓުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އިއްވި މަރުގެ ހުކުމެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ފަށާއިރު، އެއީ ކުޑަކުއްޖެއްގެ މައްޗަށް އިއްވި މަރުގެ ހުކުމަކަށް އެ ކޯޓުން ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
05 އެޕްރީލު 2017

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
02 އެޕްރީލު 2017

ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި

02 އެޕްރީލު 2017
ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި
23 މާރިޗު 2017

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު