Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޚުލޫފްގެ ޖަލު ހުކުމް

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

ހުކުމް ތަންފީޒްކޮށް ނިމުނީ ޖެނުއަރީ 17 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 14:40
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ކަރެކްޝަނުގެ އޮފިސަރުންނާ އެކު މަހުލޫފް

ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ކަރެކްޝަނުގެ އޮފިސަރުންނާ އެކު މަހުލޫފް

ފުލުހުންެގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ، ދެ މަސް ވީއިރު ވެސް އިސްތިއުނާފު އަޑުއެހުންތައް ނުފަށާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ މަޚުލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވާއިރު، އިސްތިއުނާފު ޝަރީއަތް ނުފަށަނީސް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުކުމް ތަންފީޒްކޮށް ވަނީ ނިމިފަ އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަޚުލޫފް އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ އިސްތިއުނާފު ޝަރީއަތް ނުބައްވައި މިހާ ގިނަ ދުވަސް ފާއިތުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިކަމުން ހާމަވަނީ ހައިކޯޓުގެ ޒިންމާދާރުކަން ކުޑަކަން ކަމަށެވެ. އަދި ހުކުމް އެއްކޮށް ތަންފީޒްކޮށް ނިމިގެން ގޮސް މިހާ ގިނަ ދުވަސް ފާއިތުވިއިރު ވެސް، އިސްތިއުނާފު ނުފެށުމުން ހާމަވަނީ އަދުލު އިންސާފުގެ ނިޒާމު އޮތް ހާލަތު ކަމަށް ވެސް ނަޒްރާ ވިދާޅުވި އެވެ.

ނަޒްރާ ވަނީ ވީހާ ވެސް އަވަހަކަށް މަޚުލޫފްގެ އިސްތިއުނާފު ޝަރީއަތް ފަށައި، އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައްވާފަ އެވެ.

އިސްތިއުނާފު ނުފަށައި ލަސްވަމުންދާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މަޚުލޫފް ފަރާތުން ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ސިޓީއެއް ފޮނުވާފައި ވެސް ވެއެވެ. ނަމަވެސް، ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ފޮނުވާފައި އެ މައްސަލަ ނުފެށިގެން އުޅޭ ސަބަބެއް ހާމައެއް ނުކުރެ އެެވެ.

މަޚުލޫފްގެ އިސްތިއުނާފު ލަސްވަމުންދާ ސަބަބު ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީ އިން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ހުކުމް ތަންފީޒްކޮށް ނިމިގެން ދިޔަތާ ދެ މަސް ދުވަސްވީއިރު ވެސް، އިސްތިއުނާފު ޝަރީއަތް ފަށާފައި ނުވާތީ މަޚުލޫފް އަނބިކަނބަލުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މަޚުލޫފްގެ މައްޗަށް ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި މަޚުލޫފް މިނިވަން ވާނީ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު