Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޮޅިޕެލޭގެ މަރު

ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޝަރީއަތް ފެށުމަށް ތާވަލުކުރި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 އެޕްރީލު 2017 | އާދީއްތަ 12:33
ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

ޝިފާންގެ މަރުގެ މައްސަލައިގައި މެރުމަށް ހުކުމްކޮށްފައިވާ ޝައިފަން

މ. ފެއަރީކޯނާ އަލީ ޝިފާން(ތޮޅިޕެލޭ) މަރާލިކަން ސާބިތުވާކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝައިފަންގެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށުގައި ޝައިފަން މެރުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނޮވެމްބަރު 22 ވަނަ ދުވަހު ޝަރީއަތް ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލުކުރި ނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިނުވާއިރު، ސުޕްރީމް ކޯޓުން ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް ޝައިފަންގެ މައްސަލަ ތާވަލުކޮށްފަ އެވެ.

ޝައިފަންގެ މި މައްސަލައަކީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ މީހާ އެންމެ ފަހު މަރުހަލާގައި އިސްތިއުނާފަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. މީގެ ކުރިން މަރުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅަނީ ދައުލަތުންނެވެ.

ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި މަޑުކޮށްލައިގެން ހުއްޓައި ސައިކަލުގައި ދިޔަ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޝިފާން މަރާލީ 2012 ވަނަ އަހަރުގެ އޭޕްރީލްގަ އެވެ. އެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވީ ހަމައެކަނި ޝައިފަންގެ މައްޗަށެެވެ.

ޝިފާންގެ މަރުގެ މައްސަލައާ ގުޅިގެން ޝައިފަންއާއެކު، އަބްދުﷲ ތިލްމީޒާއި މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށް ދައުވާކުރި އެވެ. ހައިކޯޓުން ވަނީ، އެ ދެ މީހުންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ޝައިފަންގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނިކޮށް، އެ މައްސަލަ ބެލުމަށްފަހު އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ޝައިފަން މެރުމަށް ހައިކޯޓުން އިއްވި ހުކުމަކީ ހައިކޯޓުގެ ތާރީޚުގައި ވެސް މީހަކު މަރަން އިއްވި ފުރަތަމަ ހުކުމެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުން އިއްވާ މަރުގެ ހުކުމްތަކަށް ހައިކޯޓުން ތާއީދުކުރަމުން ގޮސްފައިވީ ނަމަވެސް، ދަށު ކޯޓުން ކުށް ސާބިތުނުވެގެން ދޫކޮށްލި މީހަކު މެރުމަށް ހުކުމް ކޮށްފައިނުވެ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު