Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން މަޝްރޫއެއް ހިންގާނަން: އިބޫ

4 އޯގަސްޓު 2018 | ހޮނިހިރު 13:44

މާލޭގެ ގިނަ ގެތަކަކަށް މިއަދު ވެސް ވަޑައިގެންނެވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 އޯގަސްޓު 2018 | ހޮނިހިރު 13:44
މާލޭގެ ގެއެއްގައި އިބޫ ރާޒުވާ ކުޅުއްވަނީ:- އެމަނިކުފާނު ވަނީ ގިނަ ގެތަކަކަށް ވަޑައިގެންފައި

މާލޭގެ ގެއެއްގައި އިބޫ ރާޒުވާ ކުޅުއްވަނީ:- އެމަނިކުފާނު ވަނީ ގިނަ ގެތަކަކަށް ވަޑައިގެންފައި

މާލޭގެ ރައްޔިތުނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ފަހު މައްޗަންގޮޅީގައި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި މަސައްކަތް ފައްޓާވާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ އެންމެނަށް ގެދޮރުގެ އެހީތެރިކަން ފޯރުކޮށްދޭއިރު ސީދާ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގެދޮރުގެ އެހީތެރިކަން އަޅުގަނޑުމެން އިރާރަދަކުރެއްވިއްޔާ ފޯރުކޮށްދޭނަން،" އިބޫ ވިދާޅުވިއެވެ.

މާލެއަކީ ރާއްޖޭގައި މި ވަގުތު އުޅެން އެންމެ އުނދަގޫ ރަށް ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ އާއި ބަނދަރުގެ ދަތިކަމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކޮށްދިނުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި މަސައްކަތްކުރާނީ ކިހިނެއް ކަން މެނިފެސްޓޯ ތަފްސީލްވެގެން އަންނައިރު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ޖަގަހަތައް ހުޅުވި، ކެމްޕެއިން އިތުރަށް ފޯރިގަދަވެގެންދާއިރު މިހާރު އެންމެ މުހިންމު މަސައްކަތަކަށް ވެފައި އޮތީ ރީ-ރަޖިސްޓްރީ ކުރުން ކަމަށެވެ.

"މި މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވިޖެއްޔާ އިރާދަ ކުރައްވިއްޔާ 23 ސެޕްޓެމްބަރުގައި މި ބާއްވާ އިންތިހާބު ބޮޑުތަނުން އަޅުގަނޑުމެނަށް ކާމިޔާބު ކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

"ޖަޒީރާ މައިޒާން"ގެ ނަމުގައި މާލޭގައި ހުޅުވި މި ޖަގަހައަކީ މާލެއަށް ނިސްބަތްކޮށް އިދިކޮޅު ކޯލިޝަނުން ހުޅުވި ފުރަތަމަ ޖަގަހައެވެ. އިބޫ ހޮނިހިރު ދުވަހު ވަނީ މައްޗަންގޮޅީގެ ގިނަ ގެތަކަކަށް ވަޑައިގެންފައެވެ. އަދި ގެތަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލު ކުރައްވައި، އާންމު ދިރިއުޅުމުގެ ހާލަތު އޮޅުން ފިލުއްވާފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް