Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޔޫއްޕެ

ޑާކްރެއިންގެ "ވާށޭ މަށާ އެކީ" އަކީ ހަމަ ސީދާ ކޮޕީއެއް: ޔޫއްޕެ

ޔޫއްޕެ ބުނީ ދާކްރެއިންގެ ފިލްމު އޮތީ ހަމަ ދިވެހި ބަހަށް ތަރުޖަމާކޮށްފައި ކަމަށް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2019 | އާދީއްތަ 08:59
ޔޫއްޕެ

ޔޫއްޕެ

ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދިން "ވާށޭ މަށާ އެކީ" ސީދާ ހޮލީވުޑް ފިލްމެއްގެ ކޮޕީއެއް ކަމަށް ފިލްމީ ދާއިރާގެ ކާމިޔާބު އެކްޓަރު އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފިއެވެ.

ރާއްޖެ ޓީވީ ކުލަ ސްކްރީން ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، އެ ފިލްމަކީ "ނައިން މަންތްސް" ގެ ކޮޕީއެއް ކަމަށާއި އެ ފިލްމުގެ ޑައިލޮގްތައް ވެސް ހުރީ ދިވެހި ބަހަށް ތަރުޖަމާކޮށްފައި ކަމަށެވެ.

ޔޫއްޕެ މިގޮތަށް ވާހަކަ ދައްކާފައި މިވަނީ މި އަހަރު ބޭއްވި ނުވަވަނަ ގައުމީ ފިލްމު އެވޯޑްސް ގައި އެންމެ ގިނަ އެވޯޑު އުފުލާލި އޭނާގެ ފިލްމުގެ "ދެވަންސޫރަ" އަކީ ހިންދީ ކުރު ފިލްމެއްގެ ކޮޕީއެއް ކަމަށް ކިޔަން ފެށުމާއި ގުޅިގެންނެވެ.

"ދެވަންސޫރަ" އިން ޔޫއްޕެ ވަނީ އެންމެ މޮޅު ޑައިރެކްޓަރ، އެކްޓަރ، އެންމެ މޮޅު އެޑިޓިން އަދި އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް އުފުލާލާފައެވެ.

ޔޫއްޕެ އިތުރަށް ބުނީ، އެ ފިލްމުގެ ވާހަކަތަކެއް ނޫސްތަކަށް ދީގެން ބޮޑު މައްސަލަ އަކަށް ހަދާފައެއް ވެސް ނެތް ކަމަށާއި، އޭނަގެ ފިލްމަށް އެވޯޑްތަކެއް ލިބުމުން އެ ފިލްމަކީ ކޮޕީއެއް ކަމަށް ބުނަން ފެށީ ބަޔަކަށް ހަޖަމްނުވެގެން ކަމަށެވެ.

އޭނާ ބުނީ، އޭނާ ދެކޭ ގޮތުގައި އެކި ކަހަލަ މީހުން ކަންކަން ދަސްކުރާނީ މޮޅެތި މީހުން ކޮށްފަ ހުންނަ މަސައްކަތް ބަލައިގެން ކަމަށާއި، ދެވަންސޫރަ އަކީ ވެސް ބަޔަކު ކޮށްފައި އޮތް މަސައްކަތަކުން އިންސްޕަޔަރ ވެގެން ހަދާފައިވާ ފިލްމެއް ކަމަށެވެ. އެހެން ނަމަވެސް އެ ފިލްމަކީ ކޮޕީ ފިލްމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޔޫއްޕެ މިހެން ބުނެފައިވާއިރު ޑާކްރެއިން އިން ބުނީ، "ވާށޭ މަށާ އެކީ" ގެ ސްކްރީންޕްލޭ އަކީ ވެސް އިންސްޕަޔަރ ވެގެން ހަދާފައިވާ އެއްޗެއް ކަމަށާއި އެ ފިލްމަށް އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ވެސް އެފަހަރު ނުލިބޭ ކަމަށެވެ. ޑާކްރެއިން އިން އިތުރަށް ބުނީ ފިލްމު އެވޯޑްސްގެ ކުރިން ޖަޖިން ޕެނަލް އިން އެންމެ މޮޅު ސްކްރީންޕްލޭ ހޮވާއިރު ކޮޕީ ސްކްރީންޕްލޭ އަކަށް އެވޯޑް ނުދެވޭނެ އޭ ބުނުމަށްފަހު އެކަން އެނގިހުރި ކޮޕީ ސްކްރީންޕްލޭ އަކަށް ދިނުމުން އެއީ ވަރަށް ހެއްވާ ކަމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.

ޔޫއްޕެ އިތުރަށް ބުނީ، 20 އަހަރު ދުވަހު ފިލްމީ ދާއިރާގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި އެހެން ނަމަވެސް ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ އަދި އެޑިޓަރުގެ އިތުރުން ސްކްރީންޕްލޭގެ އެވޯޑް ލިބުނީ އަލަށް ކަމަށެވެ.

ޔޫއްޕެ ވަނީ މީގެ ކުރިން އެވޯޑް ހަފުލާތަކުގައި އެންމެ ކުރު ފިލްމުތަކުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ އަދި އެންމެ މޮޅު ފިލްމުގެ އެވޯޑް ވެސް އުފުލާލާފައެވެ. އޭގެ އިތުރުން ޖެހިޖެހިގެން ގިނަ އަހަރުތަކެއްގައި އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

31 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!

"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!

08 މެއި 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު