Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެނަމަ ދެން ދިވެހިންނަށް ވޯޓު ފޮއްޓެއް ނުފެންނާނެ: އިބްރާ

3 އޯގަސްޓު 2018 | ހުކުރު 20:16

މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ ވޯޓަށް ތައްޔާރުވުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 އޯގަސްޓު 2018 | ހުކުރު 20:16
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބުވެވަޑައިގެންފިނަމަ ރައްޔިތުންނަށް ދެން ވޯޓު ފޮއްޓެއް ނުފެންނާނެ ކަމަށް ޤާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިިމް އިސްމާއިލް ވިދާޅުވީ މިއަދު ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ ވޯޓަށް ތައްޔާރުވުންކަމަށެވެ. އަދި ވޯޓުލާ ދުވަހު ހެނދުނު ހެނދުނާ ގޮސް ވޯޓު އަޅަންޖެހޭ ކަމަށާއި، ކޮންމެ ދުވަހަކުވެސް ވޯޓުލާން އޮޮތީ ކޮން ތަނަކަށްތޯ ބަލައި ޗެކް ކުރުންޖެހޭކަމަށް އިބްރާ ވިދާޅުވި އެވެ. އަދި ކުޑަ މައްސަލައެއް ފާހަގަވިނަމަވެސް، އެ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ހުށައަޅައި ސުވާލުކުރަންޖެހޭނެކަމަށް އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަންތައް ނުުކޮށް، އަނެއް ފަހަރު ޤައުމު އޮޔާލީމައި އެ ވާހަކަ ދައްކައިގެން ނުވާނެކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަރުދީ ފެންވަރެއްގައި އެކަންތައް ނުކޮށް، ޤައުމުން ވައްކަން ކުރަނީ ކަމަށާއި، އިންސާފު ނުލިބޭކަމަށް ބުނެ ވާހަކަދައްކާނެ ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހާލަތުގައި އެ ވާހަކަ ދެއްކިނަމަވެސް އެކަން ރަނގަޅު ކުރާނެ ބަޔަކު ނުތިބޭނެކަމަށާއި، މިއީ ކަންކަން ރަނގަޅުކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުކަމަށެވެ.

"ވަރަށް ގިނައިން އަޅުގަނޑުމެންނަށް ސިޔާސީ މައިދާނުގައި އިވޭ ވާހަކައެއް އެއީ އިސްތިޤުލާލު ގެއްލޭ ވާހަކަ. ހަސަން ރަސްގެފާނު، ހަވަނަ ހަސަން ރަސްގެފާނު ޕިޗޯރީން ގޮވައިގެން ރާއްޖެ ހިފަން އައި އިރުވެސް ނުގެއްލޭ ވަރަށް ދިވެހިރާއްޖޭގެ އިސްތިޤްލާލް މިއަދު ވަނީ ގެއްލިފައި. މިއަދު މި ރާއްޖޭގެ ރައްޔިތުންގެ ބާރު މި ޤައުމުން ކެނޑެމުން މި ދަނީ."
"23 ސެޕްޓެމްބަރުގައި އަބްދުﷲ ޔާމީން މި ޤައުމުގެ ވެރިކަމަށް އައިސިއްޔާ، ދެންވާނެ ވަރަށް ގިނަ ގޮތް އެބަހުރި. އޭގެތެރެއިން އަޅުގަނޑަށް އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ މި ދަންނަވަނީ. ދެން މި ރާއްޖޭގެ ރައްޔިތުންނަކަށް ވޯޓު ފޮއްޓެއް ނުފެންނާނެ އެ ފަހަކުން. ފުރަތަމަ ކަންތައް. ދެވަނަ ކަންތައް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޮންނާނީ މީހުން ދިރިއުޅޭ އެއް ރަށް. ދެން ހުރި އެހެން ހުރިހާ ރަށް މިލްކްކޮށްގެން ތިބޭނީ އެހެން ޤައުމުތަކުގެ ރައްޔިތުން. ދިވެހިރާއްޖޭގެ ތިން ލައްކަ ރައްޔިތުންގެ މައްޗަށް އަމުރުކުރާނެ ދެ ތިން މިލިއަން ބޭރު މީހުން މި ރާއްޖޭގައި އުޅޭނެ. ދެން އެ ދުވަހު އިސްތިޤްލާލޭ ކިޔަން އަޅުގަނޑުމެން ނިކުންނާނެކަމެއް ނެތް."

ގުޅިފައިވާ އިއްތިހާދުގައި ހަތަރު ޕާޓީއެއް ހިމެނޭކަން ފާހަގަކޮށް ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ޕީޕީއެމްވެސް އިދިކޮޅު އިއްތިހާދުގައި ހިމެނޭކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އެ ވާދަކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައިތޯ ސުވާލުއުފަދައްވާ އިބްްރާ މިސާލުޖެއްސެވީ "ކާޅު ހާއްޔަށް ކޮތަރު ބިސް އެޅުން" ފަދައިންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް