Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިބޫގެ ކެމްޕެއިން ފޯރިގަދަކޮށް މާލޭގައި ޕޯސްޓަރުތައް ތަތްކުރަން ފަށައިފި

3 އޯގަސްޓު 2018 | ހުކުރު 13:52

ޕޯސްޓަރުތަކުގައި ލީޑަރުންގެ ފޮޓޯ ހިމެނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 އޯގަސްޓު 2018 | ހުކުރު 13:52
އިބޫ މާލޭގައި މިއަދު ކެމްޕެއިން ޕޯސްޓަރުތަކެއް ތަތްކުރައްވަނީީ:- ކެމްޕެއިންގެ ފޯރި ވަނީ ގަދަކޮށްފައި

އިބޫ މާލޭގައި މިއަދު ކެމްޕެއިން ޕޯސްޓަރުތަކެއް ތަތްކުރައްވަނީީ:- ކެމްޕެއިންގެ ފޯރި ވަނީ ގަދަކޮށްފައި

އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ފޯރި މާލޭގައި އިތުރުކޮށް ޕޯސްޓަރުތައް ތަތްކުރަން ފަށައިފި އެވެ.

އިބޫގެ ކެމްޕެއިން ޕޯސްޓަރުތައް މާލޭގައި އެކި ސަރައްދުގައި ތަތްކުރުމުގެ ހަރަކާތް ހުކުރު ދުވަހުގެ ހަވީރު ފައްޓަވައި ދެއްވީ އިބޫ އަދި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމެވެ. މި ހަރަކާތް ފައްޓަވައި ދެއްވަމުން އިބޫ ވިދާޅުވީ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތަކީ ކެމްޕެއިންގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ މާލެއިން ވެސް އަދި ރާއްޖޭގެ އެހެން ހުރިހާ ހިސާބަކުން ވެސް ފެންނަނީ މިހާރުގެ ސަރުކާރު ބަދަލު ކުރަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

Advertisement - newsAdvertisement
"އިރާދަކުރެއްވިއްޔާ މަންޒަރު ފެންނަނީ ވަރަށް ސާފުކޮން. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަން ނިންމުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަ ތިބި. އަޅުގަނޑުމެން މި ކުރާ ދަތުރުތަކުގައި އެކަން ވަރަށް ސާފުކޮށް އެބަ ފެނިގެންދޭ. އަދި އެހެންމެ މާލެއިން ވެސް އަޅުގަނޑުމެނަށް ފެންނަނީ އެ ރޫހުގައި ތިބިތަން." އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން ކެމްޕެއިން ޕޯސްޓަރު ތަތްކުރުމުގެ އިތުރުންވެސް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދު ކެމްޕެއިން ޕޯސްޓަރު ހަރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ޕޯސްޓަރުތައް ހިފައިގެން

ކެމްޕެއިން ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިބޫ އާއި ފައިސަލް ވަކިވަކިން މާލޭގެ ދެ ސަރައްދެއްގައި އެވެ. މި ހަރަކާތުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކެމްޕެއިން ޕޯސްޓަރުތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ ގެ ފޮޓޯ ހިމެނެ އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ފަށާއިފައިވާއިރު ނިމިގެން ދިޔަ އިންތިހާބުތަކުގައި މާލޭގެ އަގުލަބިއްޔަތު ލިބިފައިވަނީ އެމްޑީޕީ އަށެވެ. މާލޭގައި ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތް ފެށިއިރު މާލޭގެ އެކި ގެތަކަށް އިބޫ ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އަދި މާލޭގައި ކޯލިޝަނުގެ ކެމްޕެއިން ޖަގަހަތައް ވެސް ވަނީ ހުޅުވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް