Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝާހުރުކް ހާން

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

"އިއްތިފާގް" ގެ ރިމޭކްގައި ފެނިގެން ދާނީ ސިދާތް މަލޯތްރާ އަދި ސޮނާކްޝީ ސިނަހާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 20:14
ޔަޝްޗޯޕްރާ މެމޯރިއަލް އެވޯޑް ޝާހުރުކް ހާން އަށް

ޔަޝްޗޯޕްރާ މެމޯރިއަލް އެވޯޑް ޝާހުރުކް ހާން އަށް

ބޮލީވޫޑްގައި 1969 ވަނަ އަހަރު ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމް "އިއްތިފާގް" ގެ ރިމޭކެއް ހަދަން ނިންމުން އެ ފިލްމްގެ ލީޑްރޯލް އަދާކުރުމަށް ބޭނުންވާ ކަމަށް ބޮލީވޫޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސުޕްސްޓާ ޝާހުރުކް ހާން ބުނެފިއެވެ.

ޔަޝް ޗޯޕްރާ ޑައިރެކްޓްކޮށް ސުޕަސްޓާ ރާޖޭޝް ކަންނާ އަދި އެކްޓްރެސް ނަންދާ ލީޑްރޯލް އިން ފެނިގެން ދިޔަ "އިއްތިފާގް"ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ ޝާހުރުކް ހާން އާއި ކަރަން ޖޯހަރު ގުޅިގެން އުފައްދާފައިވާ ކުންފުންޏާއި އަދި ވީއާރު ފިލްމްސް ގުޅިގެންނެވެ. ފިލްމުގެ ކޯ ޕްރޮޑިޔުސަރަކީ ޝާހުރުކް ހާންއެވެ.

ހަތަރުވަނަ ޔަޝްޗޯޕްރާ މެމޯރިލް ނެޝަނަލް އެވޯޑް ހާސިލް ކުރުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ޝާހުރުކް ހާން ބުނީ "އިއްތިފާގް" ރިމޭކްގެ ސްކްރިޕްޓް އޭނާ އަށް ލިބުމުން ސްކްރިޕްޓް ކިޔުމަށް ފަހު ފިލްމްގެ ލީޑް ރޯލް އަދާ ކުރުމަށް ބޭނުންވި ކަމަށެވެ. ނަމަވެސް މިވަގުތު މަސައްކަތްތައް ހުރި ގޮތުން އެ ފުރުސަތުގެ ބޭނުން ކުރެވެން ނެތް ކަމަށް ޝާހުރުކް ހާން ބުންޏެވެ.

ޝާހުރުކް ހާން ބުނީ "އިއްތިފާގް" ގެ ލީޑް ރޯލް އަދާ ނުކުރެވުނު ނަމަވެސް "އިއްތިފާގް" ގެ ރިމޭކް އުފައްދާ ޓީމުގެ ހިމެނުނީތީ އުފާ ކުރާ ކަމަށެވެ. އަދި ފިލްމުގެ ލީޑް ރޯލް އަށް ނަގާފައިވާ ސިދާތް މަލޯތްރާ އަދި ސޮނާކްޝީ ސިނަހާ އަދި އެ ރޯޅަށް ވަރަށް ގާބިލް ދެ ތަރިން ކަމަށް ޝާހުރުކް ހާން ބުންޏެވެ. އަދި "އިއްތިފާގް" ގެ ރިމޭކް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މުޅި ޓީމަކީ ވެސް ވަަރށް ވަރުގަދަ ޓީމެއް ކަމަށް ޝާހުރކް ހާން ބުންޏެވެ.

މީގެއިތުރުން ޝާހުރުކް ހާން ބުނީ ޔަޝް ޗޯޕްރާ އުފައްދާފައިވާ ފިލްމެއްގެ ރިމޭކް ހަދާއިރު އެ ފިލްމް ޕްރޮޑިޔުސް ކުރުމުގެ ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ޔަޝް ޗޯޕްރާ އަކީ އޭނާގެ އެންމެ މަގުބޫލް ޑައިރެކްޓަރު ކަމަށާއި ޔަޝް ޗޯޕްރާ އެންމެ ފަހުން އުފެއްދި ފިލްމުގައި ވެސް ލީޑް ރޯލް ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބުނީތީ ޝުކުރު އަދާ ކުރާ ކަމަށް ޝާހުރުކް ހާން ބުންޏެވެ.

"އިއްތިފާގް" ގެ ރިމޭކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހުރުކް ހާން ބުނި ނަމަވެސް އެ ފިލް ރިލީޒް ކުރާނެ ވަކި ތާރީހެއް ހާމަ އަދި ފިލްމްގެ ޝޫޓިން ފަށާނެ ވަކިތާރީހެއް ވެސް ޝާހުރުކް ހާން ހާމަކޮށްފައެއް ނުވެއެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

އަޖޭއާ އެކު އާ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ކާޖޮލް ބުނެފި

09 އޯގަސްޓު 2017
ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

13 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު