Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ހިގުއައިން މިލާނަށް ބަދަލުވުމުގެ ކަންކަން އަދި ނުނިމޭ

އުމުރުން 30 އަހަރުގެ ހިގުއައިން މިލާނަށް 18 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 އޯގަސްޓު 2018 | ބުދަ 12:24
ގޮންޒާލޯ ހިގުއައިން

ގޮންޒާލޯ ހިގުއައިން

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އޭސީ މިލާނަށް ބަދަލުވުމުގެ ކަންކަން އަދި ނުނިމޭ ކަމަށް ޔުވެންޓަސްގެ ގުއިސިއްޕޭ މަރޯޓާ ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ހިގުއައިން މިލާނަށް 18 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ނިމުމާއެކު މިލާނަށް 36 މިލިއަން ޔޫރޯގެ ފީއަކާއެކު އޭނާ ދާއިމީ ކުޅުންތެރިޔަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި އެއްބަސްވުމާއެކު މިލާންއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސްއަށް ބަދަލުވާނެއެވެ. ހަމައެހެންމެ ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ކަލްޑާރާ މިލާނަށް ދިނުމަށް ޔުވެންޓަސްއިން ވަނީ ނިންމާފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މަރޯޓާ ބުނީ މިލާނާއެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.

ހިގުއައިން ވިއްކާލުމަށް ޔުވެންޓަސްއިން ނިންމީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމާއި ގުޅުމާއި ވިދިގެންނެވެ. އޭނާ އެޓީމަށް ބަދަލުވީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ނަޕޯލީއިން 2016 ވަނަ އަހަަރު ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ހިގުއައިން ވަނީ އެޓީމަށް ޖެހިޖެހިގެން ދެ އިޓާލިއަން ސެރީއޭ ހޯދައިދީފައެވެ. އޭނާ ވަނީ އެޓީމަށް ޖުމްލަ 105 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2018

ޕީއެސްޖީގައި ނޭމާ މަޑުކުރާނެ، އެމެރީގެ ކުރިމަގާ މެދު ގޮތެއް ނުނިމޭ

17 އެޕްރީލު 2018
ޕީއެސްޖީގައި ނޭމާ މަޑުކުރާނެ، އެމެރީގެ ކުރިމަގާ މެދު ގޮތެއް ނުނިމޭ
03 މާރިޗު 2018

ލީގު އަދި ނުނިމޭ، މަސައްކަތް ކުރަންޖެހޭ: ގާޑިއޯލާ

03 މާރިޗު 2018
ލީގު އަދި ނުނިމޭ، މަސައްކަތް ކުރަންޖެހޭ: ގާޑިއޯލާ
18 ޑިސެމްބަރު 2017

ކްލެސިކޯއާ ހިސާބުން ލީގެ ނުނިމޭނެ: ވަލްވާޑޭ

18 ޑިސެމްބަރު 2017
ކްލެސިކޯއާ ހިސާބުން ލީގެ ނުނިމޭނެ: ވަލްވާޑޭ
03 ނޮވެމްބަރު 2017

ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި

03 ނޮވެމްބަރު 2017
ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި
14 އޮކްޓޯބަރު 2017

އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން

14 އޮކްޓޯބަރު 2017
އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން
12 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް

12 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ބަދަލުވުމުގެ އެއްވެސް ހިޔާލެއް ނެތް: ބޭލް
23 އޯގަސްޓު 2017

ކަލިނިޗް އޭސީ މިލާނަށް..!

23 އޯގަސްޓު 2017
ކަލިނިޗް އޭސީ މިލާނަށް..!
14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު