Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކްލެސިކޯއާ ހިސާބުން ލީގެ ނުނިމޭނެ: ވަލްވާޑޭ

މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާއިރު ބާސާ އޮތީ ރެއާލްއަށްވުރެ 11 ޕޮއިންޓް ކުރީގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ޑިސެމްބަރު 2017 | ހޯމަ 10:15
ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ

ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅޭ 'އެލް ކްލެސިކޯ' މެޗާއި ހިސާބުން ލީގު ނުނިމޭނެ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އަންނަ ހަފްތާގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާއިރު ބާސާ އޮތީ ރެއާލްއަށް ވުރެ 11 ޕޮއިންޓް ކުރީގައެވެ. އެހެން ނަމަވެސް ކްލަބް ވޯލްޑް ކަޕްއަށް ފުރުސަތު ދިނުމުގެ ގޮތުން ރެއާލްއިން ލަލީގާގައި ކުޅެފައިވަނީ ބާސާއަށް ވުރެ އެއް މެޗު މަދުންނެވެ. އަންނަ ހަފްތާގައި ކުޅޭ މެޗުން ބާސާ މޮޅުވެއްޖެނަމަ ލަލީގާގެ ޕޮއިންޓް ތާވަލުގައި ބާސާއަށް ރެއާލްގެ މައްޗަށް 14 ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ.

އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ޑިޕޯޓިވޯ ބަލިކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ކްލެސިކޯއިން މޮޅިވި ނަމަވެސް ލަލީގާގެ ތަށި ލިބުނު ކަމަކަށް ގަބޫލް ނުކުރާނެ ކަމަށެވެ. މިއީ ދިގު ސީޒަނެއް ކަމަށާއި މި ދަނޑިވަޅުގައި މެޗަކުން މޮޅުވުމުން ތަށި ލިބުނު ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށް ވަލްވާޑޭ ހާމަކުރިއެވެ.

ރެއާލްއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫވާނެ މެޗެއްކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ރެއާލްއާ ދެކޮޅަށް ނުކުންނަން ބާސާގެ ކުޅުންތެރިން ތިބީ ކެތްމަދުވެފައި ކަމަށާއި ހަފްތާއެއްގެ މަސައްކަތަށް ފަހު އެ މެޗާ ކުރިމަތިލާނީ މެޗުން މޮޅުވުމުގެ އުއްމީދުގައި ކަމަށެވެ.

ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ފޯވާޑް ޕަކޯ އަލްކޭސާއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފައެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ އެއީ ޓީމަށް ލިބޭ ހީނަރުކަމެއް ކަމަށާއި ރެއާލް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނުކުންނައިރު ހުރިހާ ކުޅުންތެރިން ވެސް ފިޓުކޮށް ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މެޗުގައި ބާސާގެ ކެޕްޓަން އިނިއެސްޓާއަށް ވެސް ފުރިހަމަ 90 މިނެޓު ކުޅުމުގެ ފުރުސަތު ދީފައިނުވާއިރު ވަލްވާޑޭ ބުނީ އިނިއެސްޓާ ދަނޑުން ބޭލީ އޭނާއަށް އަނިޔާވެދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެން އޭނާއަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މި މެޗުގައި އިނިއެސްޓާ ކުޅުނު ބައިގައި އޭނާ މޮޅު ކުޅުމެއް ދައްކާފައި ވާއިރު ވަލްވާޑޭ ބުނީ އިނިއެސްޓާ ފަދަ ކުޅުންތެރިޔަކު ޓީމުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިވަގުތު އަނިޔާގައި ހުރި ބާސާގެ ފޯވާޑް އުސްމާން ޑެމްބެލޭއަށް އެލް ކްލެސިކޯގައި ނުކުޅެވޭނެކަން ވަލްވާޑޭ ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ވަލްވާޑޭ ބުނީ ޑެމްބެލޭ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނީ ޖެނުއަރީ މަހު ކަމަށާއި އޭގެ ކުރިން އޭނާ ކުޅުމުގެ ތެރެއަށް ގެނެސްފިނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

މި މެޗާއި ކުރިމަތިލާއިރު މި ސީޒަނުގައި ބާސާ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އެ ޓީމު މިވަގުތު އޮތީ 42 ޕޮއިންޓާއެކު ލަލީގާގެ އެއްވަނައިގައެވެ. ރެއާލް އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. މި ދެ ޓީމުގެ 235 ކުރިމަތިލިމެއް މީގެކުރިން ފެނިފައިވާއިރު އޭގެ ތެރެއިން 95 މެޗުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑްއެވެ. ބާސާ 91 މެޗުން މޮޅުވެފައިވާއިރު ބާކީ 49 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ރެއާލްގެ ސެންޓިއާގޯ ބާނެބައު ސްޓޭޑިއަމްގައެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ
17 އޯގަސްޓު 2017

މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!

17 އޯގަސްޓު 2017
މަޓުއިޑީ އިޓަލީގެ ޔުވެންޓަސްއަށް.!
01 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

01 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
20 މެއި 2017

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި
26 އެޕްރީލު 2017

ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި

26 އެޕްރީލު 2017
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު