Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓާ ސިޓީ

ލީގު އަދި ނުނިމޭ، މަސައްކަތް ކުރަންޖެހޭ: ގާޑިއޯލާ

ސިޓީ އޮތީ 75 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 3 މާރިޗު 2018 | ހޮނިހިރު 16:37
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

އިނގިރޭސި ޕްރިމިއާ ލީގު ނުނިމޭ ކަމަށާއި އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކުރިޔަށް އޮތް ފަސް މެޗު އެ ޓީމު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެން ދާނެއެވެ. އެ ޓީމާއި ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސިޓީއިން ވަނީ މި ސީޒަނުގައި މިހާތަނަށް އެއް ތަށި ކާމިޔާބުކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި އާސެނަލް 3-0 އިން ބަލިކޮށް އެ މުބާރާތުގެ ތަށި އުފުލާލާފައެވެ. މިއީ 2016 ވަނަ އަހަރު ސިޓީގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވިފަހުން އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ މުބާރާތެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ކުޅިވަރު ނޫސް ކަމަށްވާ ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ތަށި ލިބުމާއި ވަރަށް ގާތަށް އާދެވިއްޖެ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އޭނާ ބުނީ ތަށި ހޯދުމުގެ ހުރިހާ ވެސް ބާރެއް އޮތީ އަމިއްލަ އަތްމަތީގައި ކަމަށާއި އެއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އަމިއްލަ އަތުގައި އޮތް އެއްޗެއް ބީވެގެން ދިޔުމުގެ އެއްވެސް ފުރުސަތެއް ދޭން ބޭނުންނުވާ ކަމަށާއި އެ މަސައްކަތް ކުރިޔަށް އޮތް ފަސް މެޗުގެ ތެރޭގައި ނިންމުމަކީ އަމާޒު ކަމަށެވެ.

އެހެން ނަމަވެސް ކުރިޔަށް ހުރި މެޗުތަކުގެ ދޭތެރޭ އަރާމުކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ގާޑިއޯލާ ވަނީ ޝެޑިއުލްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ސިޓީ ދެންއޮތް މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީއާ ދެކޮޅަށެވެ. ގާޑިއޯލާ ބުނީ ބޭނުންވަނީ ޗެލްސީގެ ތާޖު އެ ޓީމުގެ އަތުން އަތުލަން ކަމަށާއި އެ ޓީމަކީ އަދިވެސް ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށެވެ. އޭނާ ބުނީ ޗެލްސީގެ ކޯޗަކީ އަދިވެސް އެ ޓީމަށް ތަށި ހޯދައިދިން ކޮންޓޭ ކަމަށާއި އެހެންކަމުން އެ ޓީމަށް މި ސީޒަނުގައި އަދިވެސް ތަށި ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގާޑިއޯލާ ބުނީ އޭނާގެ ޓީމަކީ ވަރަށް ޕްރޮފެޝަނަލް ޓީމެއް ކަމަށާއި އަބަދުވެސް ވިސްނަނީ ކުރިޔަށް އޮންނަ މެޗަށް ކަމަށެވެ. އަދި އޭނާ ބުނީ ކުރިޔަށް އޮތް މެޗަށް އެންމެ ބޮޑަށް އިތުބާރު ލިބެނީ އޭގެ ކުރިން ކުޅޭ މެޗު ކާމިޔާބުކުރެވުމުން ކަމަށާއި ޕްރެޝަރު އޮތަސް އެކަމަކާއި މެދު ނުވިސްނާ ކަމަށެވެ. އަދި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.

މި ސީޒަނުގައި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ޓީމަކީ ސިޓީއަށްވާއިރު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެސް ޖާގަ ހޯދާފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގައި ކުޅުނު 28 މެޗުން އެ ޓީމު ވަނީ 75 ޕޮއިންޓް ހަމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު