Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލްގެ ގައުމީ ޓީމު

ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި

ރޮނާލްޑޯ ބާކީކޮށްފައިވަނީ އޭނާއަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 ނޮވެމްބަރު 2017 | ހުކުރު 14:32
ރޮނާލްޑޯ -  އަރާމު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާއަށް މިފަހަރު ޕޯޗުގަލްގެ ސްކޮޑުން ޖާގަ ދީފައެެއް ނުވޭ

ރޮނާލްޑޯ - އަރާމު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާއަށް މިފަހަރު ޕޯޗުގަލްގެ ސްކޮޑުން ޖާގަ ދީފައެެއް ނުވޭ

މި އަންނަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުތަކަށް ޕޯޗުގަލްއިން ނެގި ސްކޮޑުން ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފިއެވެ.

މި އަންނަ ހަފްތާގައި ސައުދީ އަރަބިއްޔާއާއި އެމެރިކާއާ ދެކޮޅަށް ޕޯޗުގަލްގެ ގައުމީ ޓީމުން ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް އެ ގައުމުން ނެގި ސްކޮޑުން ރޮނާލްޑޯ ބާކީކޮށްފައިވަނީ އޭނާއަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ރޮނާލްޑޯ ޕޯޗުގަލްގެ ސްކޮޑުން ބާކީކޮށްފައިވާއިރު އޭނާއަށް މި ސީޒަނުގައި ރެއާލްގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި އޭނާއަށް މިހާތަނަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ރޮނާލްޑޯ ޕޯޗުގަލްގެ ސްކޮޑުން ބާކީކުރިއިރު އޭނާއާއެކު ރިކާޑޯ ކުރެސްމާގެ އިތުރުން ލުއިސް ނާނީއަށް ވެސް ފުރުސަތު ދީފައެއް ނުވެއެވެ. ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފައިވަނީ މިފަހަރުގެ ސްކޮޑުން ކުޅުންތެރިންނަށް ޖާގަ ދީފައިވަނީ އަޖުމަ ބަލާލުމުގެ ގޮތުން ކަމަށާއި މިފަދަ މެޗުތަކަކީ އެހެން ބައްރުތަކުގެ ފުޓްބޯޅަ ތަޖުރިބާ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ސްކޮޑުން ކޮންމެ ކުޅުންތެރިޔަކަށް ވެސް ޖާގަ ހޯދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އާޖެންޓީނާގެ ގައުމީ ޓީމު އަންނަ ހަފްތާގައި ރަޝިއާ އާއި ނައިޖީރިއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެ ޓީމުން ނެގި ސްކޮޑުން މިފަހަރުވެސް ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިންއަށް ޖާގަ ދީފައެއް ނުވެއެވެ. އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ތައްޔާރުވުންތަށް ފެށުމުގެ ގޮތުން އާޖެންޓީނާއިން ކުޅޭ ފަރިތަކުރުންތަކުގެ މެޗުން އޭނާއަށް ޖާގަ ދީފައި ނުވާއިރު ރޯމާގެ ފޯވާޑް ޑިއެގޯ ޕެރޯޓީއަށް ވަނީ ފުރުސަތު ދީފައެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސަމްޕައޯލީ ހަވާލުވި ފަހުން ހިގުއައިންއަށް އެ ޓީމުގެ ސްކޮޑުން ފުރުސަތު ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެހެނަސް އޭނާ އަންނަނީ ޔުވެންޓަސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެންމެ ފަހުން ވެސް އެ ޓީމަށް ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހައިދީފައެވެ.

މި އަންނަ ހަފްތާއަކީ އިންޓަނޭޝަނަލް ބްރޭކް ލިބޭ ހަފްތާއަކަށްވާއިރު މި ހަފްތާގައި ގިނަ އަދަދެއްގެ ރަހުމަތްތެރި ކަމުގެ މެޗުތަށް ކުޅުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު