Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ޕީއެސްޖީ

ޕީއެސްޖީގައި ނޭމާ މަޑުކުރާނެ، އެމެރީގެ ކުރިމަގާ މެދު ގޮތެއް ނުނިމޭ

ނޭމާ ރެއާލްއަށް ބަދަލުވާނެ އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 އެޕްރީލު 2018 | އަންގާރަ 13:41
ނޭމާ އަދި ޕީއެސްޖީގެ ކޯޗު އެމެރީ

ނޭމާ އަދި ޕީއެސްޖީގެ ކޯޗު އެމެރީ

ބްރެޒިލްގެ ތަރި ނޭމާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި މަޑުކުރާނެ ކަމަށާއި އެހެން ނަމަވެސް އެ ޓީމުގެ ކޯޗުގެ މަގާމުން އަންނަ ސީޒަނުގައި ފެންނާނެ ކަމުގެ ޔަގީންކަން މިވަގުތު ދެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެ ނޭމާ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކިއިރު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. ޕީއެސްޖީއިން ފްރެންޗް ލީގު ހޯދާފައިވާއިރު އެ ޓީމަށް 20 ލަނޑު ނޭމާ ޖަހައިދިނެވެ. ރެއާލް މެޑްރިޑް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓިއިރު އެކަމުގެ ސަބަބުން އަންނަ ސީޒަނުގައި އޭނާ ފެންނާނީ ރެއާލްއިން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެމެރީ ބުނީ އަންނަ ސީޒަނުގައި ވެސް ނޭމާ ފެންނާނީ ޕީއެސްޖީގެ ޖާޒީއިން ކަމަށާއި އެ ޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ ނިޔަލަށް އޭނާ އެ ޓީމުގައި ހުންނާނެ ކަމަށެވެ. ހަމައެހެންމެ އޭނާ އެ ޓީމުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެހެން ނަމަވެސް ނޭމާ ފެންވަރުގެ ކުޅުންތެރިޔަކު ހޯދުމަށް އަބަދުވެސް ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރާނެ ކަމަށެވެ.

އެމެރީ ބުނީ ނޭމާއާއެކު މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ކަމަށާއި ކްލަބްގެ އެންމެ މަތީ ފަންތީގައި ހިމެނޭ މީހުންނާއެކު ވެސް ނޭމާ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެ މަޝްވަރާތަކަކީ އޭނާ ކްލަބް ދޫކޮށްލުމާ ބެހޭ މަޝްވަރާތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އޭނާގެ އަނިޔާއާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއް ކަމަށް އެމެރީ ބުނެފައިވެއެވެ. އެމެރީ ބުނީ ނޭމާ އަންނަނީ ޝެޑިއުލާ އެއްގޮތަށް އަނިޔާއިން ރަނގަޅުވަމުން ކަމަށާއި ސީޒަނުގެ ފަހު މެޗުގައި ނުވަތަ އޭގެކުރިން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ސީޒަނުގެ ފްރެންޗް ލީގު އެމެރީ ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައިވާއިރު އޭނާއަށް ޗެމްޕިއަންސް ލީގު އެ ޓީމަށް ހޯދައިނުދެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެމެރީ ބުނީ އަންނަ ސީޒަނުގައި އޭނާ އެ ޓީމުން ފެންނާނެ ކަމާމެދު އަދިވެސް ގޮތެއް ނިންމިފައިނުވާ ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް މެނޭޖްމަންޓާއެކު އަދި ވާހަކަ ދެކެވިފައިނުވާ ކަމަށެވެ.

އެމެރީ ބުނީ ކްލަބް ވިސްނުން ބިނާކުރަން ޖެހޭނީ އެންމެ ފުރަތަމަ ފްރާންސްގައި ބާއްވާ މުބާރާތްތަކުން ކާމިޔާހުން ހޯދަން ކަމަށާއި ޗެމްޕިއަންސް ލީގަކީ ކްލަބަކަށް ޔޫރަޕުގައި ލިބޭ އެންމެ ބޮޑު ފަހުރު ކަމަށެވެ. އެގޮތުން ޗެމްޕިއަންސް ލީގު ހޯދުމަށް ބޭނުންވާނަމަ ފްރާންސްގެ ފުޓްބޯޅައިގެ ތާރީހުން އެންމެ ފުރަތަމަ ޖާގަ ހޯދަން ޖެހޭ ކަމަށާއި އަންނަ ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވިގެންދާނެ ކަމަށެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަމުންދާއިރު އޭނާ އެ ޓީމުގައި މަޑުކުރާނީ އެމެރީގެ ބަދަލުގައި އާ ކޯޗެއް ގެނައުމުން ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޕީއެސްޖީގެ ކޯޗުގެ މަގާމުން އެމެރީ ފެނުމަކީ ވުމަށްވުރެން ނުވުން ގާތްކަމެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
21 މެއި 2017

ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް

21 މެއި 2017
ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން ހޯދާ ޓީނޭޖް ބްރެޒިލަށް
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
11 އެޕްރީލު 2017

ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!

11 އެޕްރީލު 2017
ނޭމާއަށް 'އެލް ކްލެސިކޯ' ގައި ނުކުޅެވޭނެ!
10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު