Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރު ފަޅު

ފުށިދިއްގަރު ފަޅުން ގޯތި ދިނުމަށް ނިންމި އިރު އެތަން ވަނީ 50 އަހަރަށް ބަޔަކަށް ކުއްޔަށްދީފައި!

ޑރ. ވަހީދުގެ ސަރުކާރުގައި 50 އަހަރަށް ބަޔަކަށްދީފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 އޯގަސްޓު 2018 | ބުދަ 14:29
ފުށިދިއްގަރު ފަޅު: މިތަނާ ގުޅޭ މައްސަލައެއް އޭސީސީން ވެސް ބަލާފައިވޭ

ފުށިދިއްގަރު ފަޅު: މިތަނާ ގުޅޭ މައްސަލައެއް އޭސީސީން ވެސް ބަލާފައިވޭ

މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައި ގޯތި ދިނުމަށް ނިންމާފައިވާ އިރު އެފަޅަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ބަޔަކަށް ދީފައިވާ ފަޅެއްކަން އެނގިއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވަނީ ފުށިދިއްގަރު ފަޅު ހިއްކައި ކުރިމަތިލާ ކޮންމެ ފަރާތަކަށް 1،000 އަކަފޫޓުގެ ބިން ދޫކުރުމަށް ނިންމާފައެވެ. އެގޮތުން އެފަޅުން ގާތްގަނޑަކަށް 800 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގާތްގަނޑަކަށް ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ މި މަޝްރޫއުގެ ދަށުން ގޯތި ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ގޯތި ލިބުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އެހެން ނަމަވެސް ސަރުކާރުން ކުރިން ވަނީ ފުށިދިއްގަރު ފަޅު ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައެވެ، އަދި މިކަމާ ގުޅިގެން އޭސީސީން ބެލި މައްސަލައަކަށް ފަހު ވަނީ ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކުވެފައިވާ އެ އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނި އުފައްދައި ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ނިއު ޒިލެންޑް ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމުގައިވާ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް ފުށިދިއްގަރު ފަޅު 50 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައި ވެއެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބެވެ.

އޭސީސީން އޭރު އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ނިންމާފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށް ބަޔާންކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅު މިހާރު އޮތީ ހައުސިންގ މިނިސްޓްރީއާ ހަވާލުކުރެވިފައި ކަމަށެވެ. އެހެން ނަމަވެސް ސިންގަޕޫރުގެ ކުންފުންޏަކާއެކު ވެވުނު އެއްބަސްވުން ކެންސަލް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު