Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުން އެއީ ދާއިރާ މެމްބަރުގެ ކަމެއް: ފައިސަލް

ބަޖެޓާއި މެދު ބަސްބުނުމުގެ ފުރުޝަތު ދާއިރާގެ މެމްބަރަށް ލިބެންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 12:12
ދިގުރަށުން ފުރާވަޑައިގަންނަވަމުން ފައިސަލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ދިގުރަށުން ފުރާވަޑައިގަންނަވަމުން ފައިސަލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

ދައުލަތުގެ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުން އެއީ ދާއިރާގެ މެމްބަރަށް ލިބެންޖެހޭ ހައްގެއް ކަމަށްގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ އަތޮޅު ދިގުރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު ފުރާވަޑައިގަންނަވަމުން ފައިސަލް ވިދާޅުވީ ބަޖެޓާއި މެދު ބަސް ބުނުމުގެ ފުރުޝަތު ދާއިރާ ތަކުގެ މެމްބަރުންނަން ލިބެންޖެހޭނެ ކަމަށެވެ. އެދާއިރާގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް މަޖިލީސް މެމްބަރުންނަން ވަކާލާތުކުރެވެންޖެހޭނެ ކަމަށާއި، އެކަން ކަމަށް ވާހަކަ ދައްކަވައިގެން ހައްލެއް ނުލިބިއްޖެނަމަ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުމަކީ އެދާއިރާގެ މެމްބަރުގެ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައްޔިތުންނަން ޚިދުމަތް ކުރުމަށް ސަރުކާރަކުން ބަލަންޖެހޭނީ ހަމަ ހަމަ އުސޫލުކަން ފާހަގަ ކުރަށްވަމުން ފައިސަލް ވިދާޅުވީ މަޖިލީހުގެ މެމްބަރެއް ވޯޓު ދޭ ގޮތަކުން އެދާއިރާގައި ކުރަން ނިންމާފައިވާ މަޝްރޫއެއް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި ބަޖެޓަށް ވޯޓު ނުދޭ ކަމަށް ސަރުކާރުން ބުނެ، ބަޖެޓު ފޮތުގައި އޮންނަން މަޝްރޫއެއް ގެއްލިގެން ނުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"ބަޖެޓާއި މެދު ބަސް ބުނުމުގެ ފުރުޝަތު ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ ރައްޔިތުން ތަމްސީލު ކުރާ މެމްބަރަށް އޮންނަން ޖެހޭނެ، އަދި ބަޖެޓަކީ ބަހުސް ކުރެވިގެން ރަނގަޅު ނުކުރެވޭ އެއްޗެއް ކަމަށްވަންޏާ އެ ބަޖެޓަށް ވޯޓު ދިނުމާއި ނުދިނުމަކީ އެ މެމްބަރެއްގެ މައްޗަށް އޮންނަ ކަމެއް" ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލް ވިދާޅުވިއެވެ.

ދިގުރަށުގެ ކެމްޕެއިން ޓީމާއި ފައިސަލް ބައްދަލުކުރެއްވުމަށް ފަހު

ފައިސަލް ވިދާޅުވީ ބަޖެޓް ތައްޔާރުކުރަން ޖެހޭނީ ރައްޔިތުންނަން އެންމެ މުހިންމު ކަންތައްތަކުގެ މައްޗަށް ކަމަށާއި، ވަކި ދާއިރާއަށް ވަކި ރަށަކަށް އިސްކަން ދީފައި އާބާދީ ކުދި ރަށްތަކުގެ ތަރައްގީއަށް މަޝްރޫއުތައް ކުރިއަށް ނުގެންދާގޮތަށް ބަޖެޓް ފޮތުގައި ނުހިމޭނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވަމުން ދަނީ ރައްޔިތުން އެދޭ ގޮތް އޮޅުންފިލުވުމުގެ ގޮތުން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އެކު ރައްޔިތުން އެދޭ ގޮތަށް ކަންކަން ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 650 މީހުން ދިރިއުޅެމުން އަންނަ ދިގުރަށަށް ފައިސަލް ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީޓަކަށް ތާއިދުކުރައްވާ ރައްޔިތުން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރަކީ ރައްޔިތުންގެ ތާއީދު ހޯދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އާދަމް އާޒިމާއި، މުހައްމަދު މަލީހު ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާނީ މަންދޫ، ފެންފުށީ، ދިއްދޫ، ދިގުރަށަށެވެ. އަންގާރަ ދުވަހު ހަންޏާމީދޫ، އޮމަދޫ، މަހިބަދޫ، ކުނބުރުދޫ އަދި މާމިގިއްޔަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު