Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް، ރައީސް ޔާމީނާއި ހަވާލުކުރައްވައިފި

އެ ޓިކެޓް ރައީސް ޔާމީންއަށް ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ލީޑަރުންނާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 29 ޖުލައި 2018 | އާދީއްތަ 16:48
ރައީސް އަބްދުﷲ ޔާމީނާއި، ރިޔާސީ ޓިކެޓް ހަވާލުކުރައްވަނީ

ރައީސް އަބްދުﷲ ޔާމީނާއި، ރިޔާސީ ޓިކެޓް ހަވާލުކުރައްވަނީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރަސްމީކޮށް، ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރައްވައިފި އެވެ.

އެ ޓިކެޓް ރައީސް ޔާމީންއަށް ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ލީޑަރުންނާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެވެ.

Advertisement - newsAdvertisement

އޭގެއިތުރުން ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްވެސް ޓިކެޓް ވަނީ ހަވާލުކުރައްވާފަ އެވެ. އެ ޓިކެޓް ވެސް ހަވާލުކޮށްދެއްވީ ޕީޕިއެމްގެ ނައިބު ލީޑަރުން ކަމަށްވާ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އެވެ.

ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރައީސް އަބްދުﷲ ޔާމީނާއި ޑރ. މުހައްމަދު ޝަހީމް -- ފޮޓޯ: ރާއްޖެ.އެމްވީ

ޖަލްސާގައި ޑރ. މުހައްމަދު ޝަހީމް ވަނީ ޕީޕީއެމަށް ސޮއިވެސް ކުރައްވާފަ އެވެ. ޝަހީމްގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އެވެ.

ޑރ. ޝަހީމާއި، ރަނިންގމޭޓްގެ ރަސްމީ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ނިންމި، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޤުލަބިއްޔަތުންނެވެ. އެގޮތަށް ނިންމިިއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވަނީ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅާކު ޓިކެޓަށް ވާދަކުރައްވާނަމަ އެ ބޭފުޅަކަށް ޓިކެޓް ދިނުމާއިމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކޮންގްރެސްއިން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ޓިކެޓް ދިނުމަށް ނިންމާފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިިދާއި ހިލާފަށްކަމަށް ޕީޕީއެމްގައި ކުރިން އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވިދާޅުވެއެވެ.

އެ ޕާޓީގެ ހިންގުން ރައީސް ޔާމީން ނެންގެވީ ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހު އެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް އެކަނި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު