Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ތަރައްގީ

ރައީސް ޔާމިންގެ ވެރިކަމުގައި ދެމެހެއްޓެނެވި ތަރައްގީއެއް ގެނެސްދެވިފައި ނެތް: އަހުމަދު އީސަ

26 ޖުލައި 2018 | ބުރާސްފަތި 04:06

ނ. އަތޮޅުގައި ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް އެތޮޅުގެ މާޅެންދޫ ބަނދަރު ހެދުން ފިޔަވައި އިތުރު ކަމެއް މިސަރުކާރުން ނުކޮށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2018 | ބުރާސްފަތި 04:06
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ -- ރާއްޖެއެމްވީ

ރައީސް ޔާމިންގެ ވެރިކަމުގައި ދެމެހެއްޓެނެވި ތަރައްގީއެއް ރައްޔިތުންނަށް ގެނެސްދީފައި ނުވާ ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ދާއިރާގެ ޕޮރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު އަހުމަދު އީސަ ވިދާޅުވީ ނ. އަތޮޅުގައި ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ނ.އަތޮޅު މާޅެންދޫ ބަނދަރު ހެދުން ފިޔަވައި އެއްވެސް މަޝްރޫއެއް މިވެރިކަމުގައި ހިންގާފައި ނުވާ ކަމަށާއި، މިވެރިކަމުގައި ސިޔާސީ ގޮތުން ރައްޔިތުންނަށް އޮޅުވާލުމާއި ހީލަތްތެރި ރޭވުމުގެ ދަށުން ކުރާ ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

Advertisement - newsAdvertisement
"ކެނދިކުޅެދޫއަކީ ބޮޑު ރަށެއް. އާބާދީއާ ދުރުގައި ސްކޫލުގައި ހުންނަނީ. ދެއަވަށުގެ ސްކޫލުކުދިން ސްކޫލަށްދާން ދެބަސް އޮވޭ. އެމްޑީޕީ ސަރުކާރުން ފެށިގެން ކެނދިކުޅެދޫގައި ދެބަސް ބޭނުން ކުރަމުން އަންނަނީ. ވެރިކަމަށް ވަޑައިގެން އެދެބަސް މާރާމާތުކުރާނެ ފުރުސަތު ނުދީ ބާއްވައިގެން ދެބަސް ހަލާކުވީ. ވަރަށް ކުޑަ ހަރަދަކުން މަރާމާތުކުރެވޭ ދެބަސް އެއީ. އެކަމަކު މަރާމާތު ނުކޮށް ސިޔާސީ ގޮތުން ރައްޔިތުންނަށް އޮޅުވާލައިގެން ހީލަތްތެރި ރޭވުމުގެ ދަށުން އޭއާރކޮންޑިޝަން ކުރީގެ އޮތް ސައިޒްގެ ދެބަސް ގެންދިޔައީ. ކުރީގެ ދެބަސް އޮތްގޮތަށް އޮއްވައި." އަހުމަދު އީސަ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ އިހުލާސްތެރިކަމާއެކު ތަރައްގީ ގެންނަން މަސައްކަތް ކުރާ ވެރިއެއް ނަމަ މިމޭރުމުން މަސައްކަތް ނުކުރާނެ ކަމަށެވެ. އޭނަ ވިދާޅުވީ އިތުރު ދެބަސް ގެނައުމުގެ ބަދަލުގައި ކެނދިކުޅެދޫ ހޮސްޕިޓަލުން ސްކޭންގެ ޚިދުމަތް ތައާރަފް ކުރި ނަމަ އެކަމުގެ މަންފާ 5000 އަށް ވުރެ ގިނަ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"ދެބަސް ގެންނަން ހަރަދު ކުރެއްވި 2 ނުވަތަ 3 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން މާބަނޑު އަންހެން ބޭފުޅުން ސްކޭން ކޮށްލެވޭ ވަރުގެ ސިއްހީ ޚިދުމަތެއް ކެނދުކުޅެދޫ ހޮސްޕިޓަލްގައި ތައާރަފްކުރެވުނު ނަމަ އެކަމުގެ މަންފާ ހެބަދޫ މީހުންނަށްށާއި، ކުޑަފަރީ މީހުންނަށްށާއި، މާޅެންދޫ މީހުންނާއި ، ލަންދޫ މީހުންނަށް އެކަމުގެ ފައިދާ ކުރާނެ. މިސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް. ކުރީ ސަރުކާރުކޮށްފައި އޮތް ކަމެއް ވީނަ ހަލާކުކޮށްލަނީ މިސަރުކާރުން" އަހުމަދު އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު އީސަ ވިދާޅުވީ ސްކޫލުގައި އަޅަން ފެށި ކްލާސްރޫމްތައް އަޅައި ނުނިމޭނެ ކަމަށާއި، ޖޫނިއާރ ކޮލެޖްގެ ނަމުގައި އަޅާފައި ހުރީ ވިހި ފޫޓްގެ ކުޑަ ކްލާސް ރޫމެއް ކަމަށެވެ. ނަމަވެސް އެއީ ޖޫނިއާރ ކޮލެޖް އަޅަން ޕްލޭން ކުރި ގޮތް ނޫން ކަމަށް ވެސް އަހުމަދު އީސަ ވިދާޅުވިއެވެ.

ނ.އަތޮޅުގެ މިލަދޫގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވައިލައްވަމުން އެއަތޮޅުގެ އިސްލާހީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަބުދުއްސައްތާރު މުހައްމަދު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގައިދޭނެ ކަމަށް މިސަރުކާރުން ވައުދު ވެފައިވާ ކަމަށާއި، ނަމަވެސް އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ.

ދާއިރާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށާއި، މިލަދޫގެ ސިއްހީ މަރުކަޒުގެ ހާލަތު ވަރަށް ދަށް ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒަށް ވަންނަ ދޮރު ހަލާކުވެފައިވާ ކަމަށާއި، ލެބޯޓަރީގެ ޚިދުމަތް ނުލިބޭ ކަމަށް އޭނަ ވިދާޅުވިއެވެ.

"މިލަދޫ ކައުންސިލްގެ އިދާރާ އަދާފައި ހުންނަތާ 7 އަހަރު މިއީ. މަޖިލީހުގެ 4 މެންބަރުން ތިއްބަވައިގެން ނ. އަތޮޅަށް ނިސްބަތްވާ ރައީސެއް އިންވާގެން ކައުންސިލް އިދާރާ އަނދައިގެން ގޮސް ގެއެއްގެ ކޮޓަރިއެއްގައި ކައުންސިލް އިދާރާ ހިންގަން ވީމަ ދެން ލަދު ގަންނަންޖެހޭ ކަމެއް" އަބްދުއްސައްތާރު ވިދާޅުވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކާއިރު ނ.އަތޮޅަށް ތަރައްގީ ގެނެވިފައި ނުވާ ކަމަށާއި، މާލޭގައި ބޮޑެތި ބިލްޑިންގ ތަކާއި، ފާލަން އެޅި ނަމަވެސް އެކަމުގެ ފައިދާ ނ.އަތޮޅަށް ނުކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް