Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައިކަލް ޓެކްސީ ހިދުމަތް

ސްކޫޓެކްސީން ސައިކަލް ޓެކްސީގެ ހިދުމަތް ހުއްޓާލައިފި

2 މެއި 2017 | އަންގާރަ 21:11

ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފެށީ ޖެނުއަރީ މަހުގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 މެއި 2017 | އަންގާރަ 21:11
ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފްކުރި ރަސްމިއްޔާތުގެ ތެރެއިން

ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފްކުރި ރަސްމިއްޔާތުގެ ތެރެއިން

މިއަހަރުގެ ޖެނުއަރީ މަހުގައި އަލަށް ރާއްޖޭގައި ފެށި ސައިކަލް ޓެކްސީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

މާލޭގައި މި ހިދުމަތް ދޭ ސްކޫޓެކްސީ ކުންފުނިން ބުނީ، ހިދުމަތް މެދު ކަނޑާލިތާއި މަހެއް ވަރު ވެދާނެ ކަމަށެވެ. އަދި ހިދުމަތް މެދު ކަނޑާލީ، ޑިމާންޑް އޮތް ނަމަވެސް ސައިކަލް ދުއްވާނެ ކުދިން ނުލިބޭތީ ކަމަށް އެކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނީ، ގަވައިދާ އެއްގޮތަށް މާލޭގައި ޓެކްސީ ހިދުމަތް ދޭން އުނދަގޫ ކަމަށެވެ.

ސްކޫޓެކްސީ ކުންފުނިން ހިދުމަތް މެދުކަނޑާލި ނަމަވެސް އައުނަ ސަރވިސްގެ ނަމުގައި މާލޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ބަޔަކު އަންނަނީ ދެމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށާފައިވަނީ 40 ސައިކަލާއި އެކު އެވެ. ސައިކަލް ދުއްވުމުގައި އަންހެން ޑްރައިވަރުންވެސް އޭރު ހިމެނެ އެވެ.

ސައިކަލް ޓެކްސީގައި ދަތުރެއް ކޮށްދިނުމަށް ހަމަޖައްސާފައިވަނީ، 10 ރުފިޔާ އަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިސްނަގައިގެން މާލޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް ހުޅުވާލީ، ތޮއްޖެހިފައިވާ މާލޭގެ މަގުތަކަކުގައި ދަތުރު ކުރާ އިރު ލުއި އަދި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށް ބުނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވަނީ ގަވައިދާ އެއްގޮތަށް ސައިކަލް ޓެކްސީ ދުއްވާނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލާފަ އެވެ. ސައިކަލް ޓެކްސީ ކުރުމުގެ ގަވައިދުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ޓެކްސީގައި ކުރާ 50 ޕަސެންޓް ދަތުރު މަގުމަތިން ހޯދަންޖެހޭ އިރު އަނެއް 50 ޕަސެންޓް ޖެހޭނީ ސައިކަލް ޓެކްސީ ކުރުމަށް ހާއްސަކޮށްފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ ދަތުރު ތަކަށެވެ މީގެ އިތުރުން، ސައިކަލު ޓެކްސީކުރާ ޑްރައިވަރަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ޓެކްސީ ކުރާ މީހަކަށް ވާން ޖެހެ އެވެ. އަދި ޑްރައިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުމަށް ގަވައިދުގައި ޝަރުތު ކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް