Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 5 މާރިޗު 2017 | އާދީއްތަ 18:31
ކަރަންޓުގެ ކެނޑުން

ކަރަންޓުގެ ކެނޑުން

މިއަދު މެންދުރުގެ ވަގުތެއްގައި މުޅި މާލެއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑި މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމަށާއި، ވިޔަފާރިތަކަށާއި، އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން ސާބިތުވެގެން ދަނީ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ދިނުމުގައި އާދީއްތަ ދުވަހު ދިމާވި މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން “ކަރަންޓު ޔަގީން” ، “ފެން ޔަގީން” ފަދަ ސިޔާސަތުތައް ކެމްޕޭން ދުވަސްވަރުގައި އިއުލާންކޮށްފައިވީނަމަވެސް ފާއިތުވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި ކަމަށެވެ. އެގޮތުން ކަރަންޓު ޔުނިޓުގެ އަގު އެތައްފަހަރަކު ބޮޑުކޮށް އަތްނުފޯރާފަށަށް މައްޗަށްގޮސްފައިވެއިވާ ކަމަށާއި އަދި ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުކުރަމުންދާއިރުވެސް ޚިދުމަތުގެ ފެންވަރުވަނީ އެތައް ގުނައަކުން ދަށްވެފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރު ދަށްވެ ކުއްލިގޮތަކަށް ޚިދުމަތް މެދުކެނޑުން ފަދަ ކަންކަން ކުރިމަތިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިންތިހާއަށް ސިޔާސީވެ، އެކުންފުނިތަކަކީ ރައީސް އަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމްގެ އަމިއްލަ މުދާ ކަމުގައި ޤަބޫލުކޮށް ކުންފުނިތަކުގައި މަސައްކަތްކުރާ ފަންނީ ސްޓާފުން ވަޒީފާއިން ވަކިކޮށް ސިޔާސީ ބޭނުމަށް މީހުންނަށް ވަޒީފާދީ މުޅި ތަނުގެ މަސައްކަަތުގެ މާޙައުލު ކިލަނބުކޮށްފައިވާތީ ކަމަށެވެ. އަދި މިތަންތަނުގެ ވެރިން މަޖުބުރުކޮށްގެން މުވައްޒަފުން ޕީޕީއެމްއަށް ވެއްދުުންފަދަ ސިޔާސީ މަސައްކަތުގައި ހޭދަކުރުވަމަކީ ވެސް ހިދުމަތުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

މާލޭގައި ކަރަންޓު ކެނޑި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ މައްސަލަތައް މިހާރު އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާލެ ތޮށްޖައްސައި، ރާއްޖޭގެ ހުރިހާ ރައްޔިތުން މާލެ ސަރަޙައްދަށް ދިރިއުޅުން ބަދަލުކުރުން ހިމެނޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމުގައިވާތީ ރާއްޖޭ ތަރައްޤީ ކުރެވޭނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަރައްޤީ ކުރެވިގެން މުޅި އާބާދީ މާލެއަށް ގެނެސް ތޮށްޖެހުމުން މިފަދަ އެތައް މައްސަލަތަކާ މުސްތަޤްބަލުގައިވެސް ރައްޔިތުން ކުރިމަތިލާން ޖެހޭނެ ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،

މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ 2014 ވަނަ އަހަރު އެމް.ޑަބްލިއު.އެސް.ސީގެ ޕެނަލް ބޯޑެއްގައި ރޯވުމުގެ ސަބަބުން މާލެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި އެތައް ދަތިތަކަކާ ކުރިމަތިވެ، ރައްޔިތުން ފެނަށް ޖެހެން މެދުވެރިވި ކަމަށާއި އެކަމާ ގުޅިގެން އެދުވަސްވަރު އުފެއްދި މާލޭ ވޯޓަރ ކްރައިސިސް މެނޭޖްމަންޓް ފަންޑަށް ލިބިފައިވާ 107 މިނިއަނަށްވުރެ ގިނަ ރުފިޔާއިން މިފަދަ ކަންކަން ޙައްލުކުރުމަށް ކުރެވިފައިވާ ކަންކަމުގެ ތަފްޞީލް ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު