Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިޔޯރީގެ އަލިފާނުގެ ހާދިސާ

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން ދަނީ ގއ ދެއްވަދޫ އިން ގެނައި ޖަނަރޭޓަރަކުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 09:39
ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ މުޅިން އަނދާފައި

ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ މުޅިން އަނދާފައި

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު މުޅި ރަށުން ކަރަންޓު ގޮސްފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި މިއަދު މެންދުރުގެ ވަގުތެއްގައި ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފެނަކަ ކޯޕްރޭޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގއ. ދެއްވަދޫއިން 160 ކިލޯގެ ޖެނަރޭޓަރެއް ރޭގެ ވަގުތެއްގައި ފިޔޯރީ އަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ރޯވި އިންޖީނުގެ އަދި ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެން ކަމުން ޖަނެރޭޓަރު ބަހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ އިންޖީނުގެ ބޭރުގައި އެމަށްޓަކައި ވަގުތީ ސްޓޭޝަނެއް ހަދައިގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ ގދ. ދެއްވަދޫއިން ގެނައި ޖެނަރޭޓަރުން މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި ނަމަވެސް ސަލާމަތީ ގޮތުން އިތުރަށް ރައްކާތެރިވުމުގެ ގޮތުން.އެހެން ޖަނަރޭޓަރެއް ވެސް އިންސްޓޯލް ކުރާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންޖީނުގެއަށް ފެނަކައިގެ ޓީމަށް ވަދެވޭނެ ވަކި ވަގުތެއް އަދި ވެސް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ. އެގޮތުން ފިޔޯރީގައި ބޭނުން ކުރަމުން ދިޔައީ 250 ކިލޯގެ ޖަނެރޭޓަރަކާއި 70 ކިލޯގެ ޖަނަރޭޓަރެއްގެ އިތުރުން 80 ކިލޯގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި ހަލާކުވެފައި ވަނީ 250 ކިލޯގެ ޖަނަރޭޓަރު ކަމަށް އިދުރީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 80 ކިލޯގެ ޖަނަރޭޓަރަށް ވެސް މައްސަލަ ޖެހިފައިވާ ކަމަށާއި އަދި 70 ކިލޯގެ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓްގެ ދެވޭވަރުގެ ޖަނަރޭޓަރެއް ނޫން ކަމަށް އިދުރީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިދުރީސް ވިދާޅުވީ 250 ކިލޯގެ ޖަނަރޭޓަރުގެ ހަލާކުވެފައި ވަނީ އޭގެ ބެޓެރީ ޕެނަލް ކަމަށާއި ނަމަވެސް އެ ޖަނަރޭޓަރު މަރާމާތު ކޮށްގެން ބޭނުން ކުރެވޭނެ ކަމަށް އިދުރީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

21 އެޕްރީލު 2017
ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު