Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބުރާހިމް

ރައީސް ޔާމީނަކީ އިންސާނިއްޔަތުކަމުގެ ވިސްނުން ވެސް ހުރި މީހެއް ނޫން: ގާސިމް

25 ޖުލައި 2018 | ބުދަ 03:26

ރައީސް ޔާމިނަށް 20 އިންސައްތަ ވެސް ތާއީދު ނެތް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 25 ޖުލައި 2018 | ބުދަ 03:26
ކުނޫޒުގައި ޖަލުގެ ގޮޅިއެއްހެން ހަދާފައިވާ ތަނުގައި ގާސިމް އިބްރާހިމް އިށީންދެވަޑައިގެން: ގާސިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ކުނޫޒުގައި ޖަލުގެ ގޮޅިއެއްހެން ހަދާފައިވާ ތަނުގައި ގާސިމް އިބްރާހިމް އިށީންދެވަޑައިގެން: ގާސިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ރައީސް އަބްދުﷲ ޔާމީނަކީ އިންސާނިޔަތުކަމުގެ ވިސްނުމެއް ވެސް ހުރި މީހެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ގާސިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޯލިޝަނުގެ ކެންޑިޑޭޓްގެ ރަނިންގމޭޓަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ހަމަޖެއްސުމަށް ކައުންސިލްއިން ފާސްކޮށްފައި ވާތީ ރަނިންގމޭޓްގެ ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިޔާތުގައި ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ވަނީ އެތައް ބައިވަރު "މުޖްރިމު އަމަލުތަކެއް" ހިންގާފައި ކަމަށެވެ.

Advertisement - newsAdvertisement
"ރައީސް ޔާމިން އޭ ކިޔާ ހިތްވެސް ނުވޭ، އެނާ ވަނީ ބޮޑެތި މުޖުރިމް އަމަލުތަކެއް ހިންގާފައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވި މީހުންނަށް އެމަނިކުފާނުގެ ފަރާތުން ލިބުނީ އަނިޔާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެރިވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އާއިލާއަށް އަނިޔާވެރިވުމުގެ އިތުރުން އެމީހުންގެ މުދަލަށް ވެސް "އަރައިގެންފައި"ވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާ ގުނީ ރައީސް ޔާމިންގެ ގެކޮޅުގައި ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ވާހަކައަށް އިޝަރާތް ކުރައްވައި ގާސިމް ވިދާޅުވީ އެ މައްސަލަ ތަހްގީގު ކުރާނެ ބަޔަކު ނެތުމުން ހައިރާންވެ ލައްވާ ކަމަށެވެ. އަދި މިނިވަން މުވައްސަސާތައް އޮތީ ވާވެފައި ކަމަށާއި މި ހާލަތަށް ދިއުމުން ގައުމުގެ ކަންކަން ހަމައަށް އެޅުވުމުގެ ޒިންމާ އޮތީ އެމްއެންޑީއެފްގެ އަތްމަތީގައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޯޓުގައި ހިނގަމުންދަނީ ޝަރީއަތްތަކެއް ނޫން ކަމަށާއި ހިތަށް އެރި މީހަކު ގެންގޮސް ޖަލަށް ލަނީ ކަމަށެވެ. އަދި އެކަން ކުރާ މީހުން އެކަން ކުރަނީ ވަޒީފާގެ ބިރަށް އަނބިދަރިންނަށް ކާނުދެވިދާނެ ތީ ކަމަށް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެމީހުންނަށް ޖެހިފައި ތިބީ "ކޮން ސިހުރެއް ތޯ" ސުވާލު އުފެދޭ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ކޯލިޝަނުގެ ކެންޑިޑޭޓަށް 80 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށާއި ސަރުކާރަށް ތާއިދު ކުރާ 20 އިންސައްތަ މީހުންވެސް ނެތް ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ ރީ ރަޖިސްޓްރީ އޮޅުވާލަން ކަމަށާއި އެނޫން ގޮތަކަށް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ރައީސް ޔާމީނަކީ އިންތިހާބަށް ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް އެމަނިކުފާނު ދެ ފަހަރަކަށް އިންތިހާބަކާ ނުލައި ވަޑައިގެން ކަމަށާއި އެމަނިކުފާނާ ވާދަ ކުރައްވާ ބޭފުޅަކަށް ފައިސާ ދީގެން ނަން ނަގުވާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ގާސިމް ވަނީ ހިތްވަރާ އެކު މަސައްކަތްކޮށްގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް