Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޒްލާންގެ މަރު

ޖަޒްލާންގެ މަރާ މެދު ދައްކަމުންދާ ވާހަކަތައް އާއިލާ އިން ވެސް ދޮގުކޮށްފި

ލައިސަންސް ނެތި މީގެ ކުރިން ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޖުލައި 2018 | އަންގާރަ 11:23
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި މަރުވި މުހައްމަދު ޖަޒްލާން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި މަރުވި މުހައްމަދު ޖަޒްލާން

މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ފިތުރޯނުމަގުގައި ސައިކަލު ދުއްވަނިކޮށް ސައިކަލު ކަހާލައިގެން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި މުހައްމަދު ޖަޒްލާންގެ މަރާ މެދު ދައްކަމުންދާ ވާހަކަތައް އޭނާގެ އާއިލާ އިން ވެސް ދޮގުކޮށްފިއެވެ.

އަންގާރަ ދުވަހު ރާއްޖެއެމްވީއަށް ދިން އިންޓަވިއުގައި ޖަޒްލާންގެ ބައްޕަ އަބްދުލް ޖަލީލް އަހުމަދު ބުނީ އެކަމުގައި އާއިލާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި އެއީ އެކަން ހިނގާދިޔަ ގޮތް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ކުރިން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ނަމަވެސް ފަހުން އެކަންތައްތައް އޮޅުން ފިލާފައިވާ ކަމަށް ޖަޒްލާންގެ ބައްޕަ މިއަދު ބުންޏެވެ.

Advertisement - newsAdvertisement

ޖަލީލް އިތުރަށް ބުނީ ޖަޒްލާންގެ މަރާ މެދު ފުލުހުން ހިންގި ތަހުޤީޤާ ދެތެރޭ އެއްވެސް ޝައްކު ކަމެއް ނެތް ކަމަށާއި އާއިލާ އާއި ރައްޓެހިން ވެސް ޤަބޫލު ކުރަނީ އެގޮތަށް ކަމަށެވެ.

ޖަޒްލާންގެ މަރުގެ ހާދިސާ ހިނގާދިޔަ ގޮތާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާތީ އަންގާރަ ދުވަހު ފުލުހުން ވެސް ވަނީ ސީސީޓީވީ ފޫޓޭޖް އާންމުކޮށް އަދި ނޫސްބަޔާނެއް ނެރެފައެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަހުގީގުންނާއި އަދި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖަށް ބަލާއިރު، އެ ހާދިސާ ހިނގާފައި ވަނީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އައިސް ބަންޕަރުން އަރަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުވެގެން ކަހާލައިގެން ވެއްޓިގެން ކަމަށާއި، އެކަން ހިނގިއިރު އެ ސައިކަލްގައި އިނނީ ޖަޒްލާން އެކަނި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އެއްވެސް އުޅަނދަކުން އެ ސައިކަލުގައި ޖެހިގެން ނޫން ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

ޖަޒްލާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫން ކަމަށާއި، ލައިސަންސް ނެތި މީގެ ކުރިން ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު