Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ

ކައުންސިލް އިންތިހާބު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 މެއި 2017 | އާދީއްތަ 11:37
ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނީ

ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނީ

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިއުލާނުކޮށްފައިވަނީ ވަގުތީ ނަތީޖާގެ އެންމެ ފަހު ނަތީޖާތަކެވެ. އެގޮތުން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ވަނީ ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމާލައިފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިންމާފައިވާ އިރު އަންގާރަ ދުވަހުގެ ވަގުތީ ނަތީޖާގައި 21 ދާއިރާއެއްގެ ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. އިއުލާންކޮށް ނިންމާލި ނަތީޖާތައް ދައްކާ ގޮތުންވެސް އިންތިހާބުގެ ބޮޑު އިންސައްތައެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީއެއްގެ މެޖޯރިޓީ ނަގައި، އެންމެ ގިނަ ކައުންސިލްތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

މިއިންތިހާބުގައި 1497 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓްލުމުގެ ހައްގު 255،987 މީހުންނަށް ލިބިފައިވީ ނަމަވެސް އިންތިހާބުގައި ވޯޓްލާން ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެކެވެ. ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް 422 ވޯޓް ފޮށި ބެހެއްޓުނު އިރު މިއިންތިހާބަށް ހާއްސަކޮށްގެން 431،939 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފަ އެވެ.

އާއްމު އިންތިހާބުތަކާއި ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބުގެ ރަސްމީ ނަތީޖާ 14 ދުވަހުގެ ތެރޭގައި އިއުލާނު ކުރަންޖެހެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއިލާނުކޮށް ނިންމާލެވިފައިވަނީ 8 ދުވަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު