Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިދާރާތަކުގެ ކަރަން

ކައުންސިލް އިންތިހާބު ނިމިއްޖެ، ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ވެސް ކަނޑާލަނީ

ދާންދޫ ކައުންސިލުން ނުދައްކާ ކަރަންޓް ބިލްތައް ފަސް ލައްކަ އަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 16 މެއި 2017 | އަންގާރަ 12:49
ދާންދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ބޭރު މަޑުކޮށްލައިގެން

ދާންދޫ ކައުންސިލް އިދާރާގެ މުވައްޒަފުން ބޭރު މަޑުކޮށްލައިގެން

ކައުންސިލް އިންތިހާބު ނިމިފައިވާ އިރު ބައެއް ކައުންސިލް އިދާރާތަކުގެ ކަރަންޓް ކަނޑާލަން ފަށައިފި އެވެ.

ކަރަންޓްގެ ހިދުމަތް ކަނޑާލާފައި ވަނީ ގއ. ދާންދޫ އާއި މ. ކޮޅުފުށިން ވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ.

ގއ. ދާންދޫގެ ކަރަންޓްގެ ހިދުމަތާ ގުޅިގެން އެރަށުގެ ކައުންސިލް މެންބަރު އިސްމާއިލް މުހައްމަދު ވިދާޅުވީ، ކައުންސިލުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވަނީ ހޯމަ ދުވަހުގެ 02:00 ހާއިރު ކަމަށާއި އަދިވެސް ކަރަންޓްގެ ހިދުމަތް ނުލިބޭ ކަމަށެވެ. ފެނަކައިން ކަރަންޓްގެ ހިދުމަތް ކަނޑާލާފައިވާ އިރު ގާތްގަނޑަކަށް އަށް މަހުގެ ކަރަންޓް ބިލް ފިނޭންސް މިނިސްޓްރީގެ ޕެންޑިންގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިސްމާއިލް ވިދާޅުވީ، މިކަރަންޓް ބިލްތަކަށް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ އަރާފައިވާއިވާއިރު މިގޮތަށް ކަރަންޓްގެ ހިދުމަތް މެދު ކަނޑާލުމުން، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހުއްޓިފައިވާ ކަމަށެވެ. އެގޮތުން، އައިޑީ ކާޑު ހެއްދުމާއި ޕޯސްޓް ކުރުމުގެ ހިދުމަތާއި ކައުންސިލްގެ އިދާރީ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ވެސް ގިނަ ބިލްތަކެއް ރަށުގެ މިސްކިތާއި އެހެނިހެން އިދާރާތަކުގައި ވެސް ނުދައްކާ އެބަ ހުރި ކަމަށެވެ.

މ. ކޮޅުފުށީ، ކައުންސިލް އިދާރާ އިން ކަރަންޓް ކަނޑާލުމާ ގުޅޭ ގޮތުން އެރަށުގެ ކައުންސިލް އިދާރާ އިން ބުނީ، އިއްޔަ އިން ފެށިގެން ކައުންސިލ އިދާރާ އަށް ކަރަންޓް ނުލިބޭ ކަމަށާއި އެހެން ނަމަވެސް ޕެންޑިން ބައެއް ބިލްތަކަށް ފައިސާ ދެއްކުމުން ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކައިން ބުނެފައިވާ ކަމަށެވެ.

ކަރަންޓް ހިދުމަތަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ކަރަންޓްގެ ބިލްގެ ގޮތުގައި 90 ހާސް ރުފިޔާ އެބަ އޮތް ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ. މިއީ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ބިލެވެ.

ކަރަންޓްގެ ހިދުމަތް ކަނޑާލުމުގެ މައްސަލަތައް ކައުންސިލްތަކަށް ދިމާވަމުންދާ އިރު، ފ. ފީއަލީ ކައުންސިލް އިދާރާއިން ވެސް ވަނީ މި ހަފްތާގައި ކަރަންޓްގެ ހިދުމަތް މެދުކަނޑާލާފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ ފައިސާ ޖަމާނުކޮށްދީގެން، ކަރަންޓް ބިލްގެ ގޮތުގައި 75 ހާސް ރުފިޔާ ހިމެނޭ އިރު، ކައުސިލްގެ އެކި މަސައްކަތްތަކަށް ދައްކަންޖެހޭ ތިން ލައްކަ ރުފިޔާގެ ބިލް ހިމެނޭ ކަމަށް ފީއަލީ ކައުންސިލް އިދާރާ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު