ވީހާވެސް އަވަހަށް ރީރަޖިސްޓަރ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
22 ޖުލައި 2018 | އާދީއްތަ 02:27ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަކީ ދިވެހިންގެ އެންމެ މަތީ މަސްލަހަތު ކަނޑައަޅާ ނިންމުން


ކުރީގެ ރައީސް މުހައްމަދު ނަޝީދު: ވީހާ އަވަހަކަށް ރީ ރަޖިސްޓަރ ކުރުމަށް ގޮވާލައްވާ
ރިސޯޓުތަކާއި އެހެނިހެން ރަށްރަށުގައި ވޯޓުލާން ޖެހޭ ފަރާތްތަކުން ރީރަޖިސްޓްރީ ވީހާވެސް އަވަހަށް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަކީ ދިވެހިންގެ އެންމެ މަތީ މަސްލަހަތު ކަނޑައަޅާ ނިންމުން ކަމަށާއި އެ ނިންމުމުގައި އުމުރުން 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ކޮންމެހެންވެސް ބޭނުން ކަމަށެވެ. އަދި ރިސޯޓް ތަކުގައާއި ރަށުން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުން ރީރަޖިސްޓްރޭޝަން އަވަސް ކުރެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ އިރު އެ މުއްދަތު އަންނަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.









