Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

ރާއްޖޭގެ ޙާލަތާއިމެދު ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ކަންބޮޑުވެ، ޚިޔާލު ފާޅުކުރަނީ

20 ޖުލައި 2018 | ހުކުރު 18:45

ރައީސް ޔާމީން އިންތިޚާބުން ބަލިކުރުން ނޫން ގޮތެއް ދިވެހިންނަށް ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ޖުލައި 2018 | ހުކުރު 18:45
ޔޫރަޕިއަން ޕާލަމެންޓް މެމްބަރ ނިކޮލަސް ބޭ

ޔޫރަޕިއަން ޕާލަމެންޓް މެމްބަރ ނިކޮލަސް ބޭ

ރާއްޖޭގައި އިންސާނީ ހައްޤުތަކަށް އަރައި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއިމެދު ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި، އަޅާނެ ފިޔަވަޅުތައް ނިންމާފައިވާއިރު، ރާއްޖޭގެ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ނުދާތީ ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން އެބަގެންދަވައެވެ.

ވިލާތުގެ އިއްތިޙާދުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ ރާއްޖޭގެ ސަރުކާރަށް އެންގުމަށް ފަހު ކަމަށާއި އަދިވެސް ރާއްޖޭގެ ހާލަތު ބަދަލުނުވާ ކަމަށް ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ ވިދާޅުވެފައި ވަނިކޮށް، އެމަޖިލީހުގެ އެހެން މެމްބަރެއްކަމަށްވާ ނިކޮލަސް ބޭ ވަނީ ރައީސް ޔާމީން އިންތިޚާބުން ބަލިކުރުން ނޫން ގޮތެއް ދިވެހިންނަށް ނެތްކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ފަރަންސޭސީވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭ ވިދާޅުވީ ރައްޔިތުންގެ ބާރާއި، ޤާނޫނުގެ ވެރިކަމާއި އިންސާފަކީ ރައީސް ޔާމީން އެކަމާ މާ ވިސްނަވާ ކަންކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިންނަށް އޮތް ގޮތަކީ އެމަނިކުފާނު ވޯޓުން ބަލިކުރުންކަމަށެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތަކުގެ އިތުރުން ޚުދުމުޚުތާރު އަމަލުތަކާއިމެދު ވިލާތުގެ އިއްތިޙާދުން އަޅާނުލިޔަސް ޤާނޫނުގެ ވެރިކަމާއި އިންސާފުވެރި ފަނޑިޔާރުގެއެއް ޤާއިމްކުރުމަށް ރައީސް ޔާމީން މާބޮޑު ވިސްނުންފުޅެއް ނުގެންގުޅުއްވުމަކީ ރާއްޖޭގެ ހަމަޖެހުމާއި ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއްކަމަށް ނިކޮލަސް ބޭ ސިފަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށްވުރެ ބޮޑަށް ރައީސް ޔާމީން އިސްކަން ދެއްވަނީ އެމަނިކުފާނުގެ މުއްސަނދިކަމަށްކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އެކި ލިޔުއްވުންތައް ޝާއިއުކުރާ އީޕީ ޓުޑޭގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ހުކުރު ދުވަހު ނިކޮލަސް ބޭ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ޑިމޮކްރަސީއާއި ޚިލާފު ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ނިކޮލަސް ބޭ އާއި ތޯމަސް ޒެޗޮވްސްކީގެ އިތުރުންވެސް ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ރާއްޖޭގެ މައްސަލައިގައި ކަންބޮޑުވެ މިހާރުވެސް އަދި މީގެ ކުރިންވެސް ވާހަކަ ދައްކާފައިވެއެވެ. ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުން ރާއްޖޭގެ ވަކިވަކި ފަރާތްތަކާއި ވަކިވަކި މުއައްސަސާތަކާއިމެދު ފިޔަވަޅު އެޅުމަށް ނިންމީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު، ރާއްޖޭގެ ޙާލަތު އިސްލާހު ނުވެއްޖެނަމަ ފިޔަވަޅު އެޅުމަށް ގޮވާލާ ވިލާތުގެ އިއްތިޙާދުގެ ޤާނޫން ހަދާ މަޖިލީހުން ޤަރާރެއް ފާސްކުރުމާއި ގުޅިގެންނެވެ. އަދި އީޔޫ ފޮރިންގ އެފެއަރޒް ކައުންސިލްގެ ނިންމުން ބިނާކޮށްފައިވަނީ އީޔޫ ޕާލަމެންޓުން ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށް، އިންސާފު ޤާއިމްކޮށް، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާ ނެރުނު ޤަރާރުގައިވާ ކަންކަން އިސްލާހުވެފައިވާ މިންވަރަށެވެ. މިއިން އެއްވެސް ކަމެއް އިސްލާހުނުވެ، ކަންތައް އިތުރަށް ގޯސްވުމަކީ މިފިޔަވަޅު އަޅަން ޖެހުނު ސަބަބެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް