Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންގެ ދަތުރުފުޅާ ދިމާކޮށް ރަށްރަށުގެ ސްކޫލުތައް ބަންދުކުރާ މައްސަލަ ފެންމަތިވެއްޖެ

20 ޖުލައި 2018 | ހުކުރު 07:46

ރައީސް ޔާމީން ވަޑައިގަންނަވާތީ ގްރޭޑް 5 އިން މަތީގެ ހުރިހާ ދަރިވަރުން ބަނދަރަށް ދިއުމަށް ސުކޫލުގެ ފަރާތުން ވަނީ އަންގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2018 | ހުކުރު 07:46
ރައީސް ޔާމީން ބާރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ރައީސް އަށް މަރުހަބާ ދެންނެވުމަށާއި ސިޔާސީ ވާހަކަ ދައްކާ ޖަލްސާތަކަށް ކުޑަކުދިން ނެރުން ވަނީ އާންމުވެފައި

ރައީސް ޔާމީން ބާރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ރައީސް އަށް މަރުހަބާ ދެންނެވުމަށާއި ސިޔާސީ ވާހަކަ ދައްކާ ޖަލްސާތަކަށް ކުޑަކުދިން ނެރުން ވަނީ އާންމުވެފައި

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާ ދިމާކޮށް ސްކޫލުތަކުގެ ކިޔެވުން ބަންދުކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދިން ބާރަށުގެ ބެލެނިވެރިއަކު ބުނީ އެރަށަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހުމާ އެކު މަރުހާބާ ކިޔުމަށް ބަނދަރު މައްޗަށް ދިއުމަށް ސްކޫލުގެ ފަރާތުން ގްރޭޑް 5 އިން މަތީގެ ދަރިވަރުންނަށް އެންގި ކަމަށާއި، ކުދިންނާ އެކު ބެލެނިވެރިން ވެސް ބައިވެރިވުމަށް އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިއްޔެއަކީ (ބުދަ ދުވަސް) ރަސްމީކޮށް ސްކޫލުތަކުގައި ކިޔަވައިދޭ ދުވަހެއްކަން ފާހަގަކޮށް އެމީހާ ބުނީ ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވާތީ އެދުވަހުގެ ކިޔެވުން ކުރިއަށް ނުގެންދާ ކަމަށާއި، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހު ބަނދަރަށް ދިއުމުން އެ ދުވަހު ސްކޫލަށް ހާޒިރުވި ކަމަށް ރަޖިސްޓާރ މާރކް ކުރި ކަމަށް އެމީހާ ބުންޏެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ހާޒިރުނުވެވޭ ނަމަ އެކަން ޓީޗަރަށް އަންގަން ވެސް ޖެހޭ ކަމަށް އެ މީހާ ބުންޏެވެ.

ބެލެނިވެރިޔާ ބުނީ ސްކޫލު ބަންދުކުރާތީ އެކަމުގެ ޝަކުވާ ކުރި ކަމަށާއި، ނަމަވެސް އެއީ އެޑިޔުކޭޝަން މިނިސްޓްރީގެ އެންގުމުގެ މަތިން ސްކޫލުން ނިންމި ނިންމުމެއް ކަމަށް ސްކޫލުން ބެލެނިވެރިންނަށް އެންގި ކަމަށެވެ.

"ރައީސް ވަޑައިގަންނަވާތީ ސްކޫލު މިބަންދުކުރަނީ. ކިޔަވާ ނުދީ ހާޒިރީ މާރކުކުރަނީ މަރުހާބާ ކިޔަން ބަނދަރަށް ދިޔާމަ. އެދުވަހުގެ ހާޒިރީ ހޯދަން ބޭނުންވާ ދަރިވަރަކު ވެއްޖެއްޔާ ޖެހޭނީ ބަނދަރަށް ދާންދޯ. މީ ހަމަ ސިޔާސީ ކަންކަންކަމުގައި ސްކޫލު ކުދިންނާއި، ޓީޗަރުން އުޅެން މަޖޫބުރު މިކުރެވެނީ. މިހެން ހެދީމަ ސްކޫލު ކުދިން ފިލާވަޅު މިގެއްލެނީ. އަގުހުރި ވަގުތު ބޭކާރު މިވަނީ،" އެމީހާ ބުންޏެވެ.

ދެދަންފަޅިއަށް ކިޔަވައިދޭ ބާރަށު ސްކޫލުގައި ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ. ބާރަށުގެ އިތުރަށް، ރައީސްގެ ދަތުރުފުޅާ ދިމާކޮށް ބައެއް އެހެން ރަށްރަށުގެ ސްކޫލުގެ ކިޔެވުން ވެސް ބަންދުކޮށްފައިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ބާރަށަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހެއެވެ.

މީގެ އިތުރުން ރައީސް ވަޑައިގެން ބާއްވާ ޖަލްސާތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކުރުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި އެ ކުދިންގެ އުމުރާ ނުގުޅޭ ސިޔާސީ ވާހަކަ އާއި ހުތުރު ވާހަކަތައް މި ޖަލްސާތަކުގައި ޖައްސާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔަ ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަން ކޮމިޝަނުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

3

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

4

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

5

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް