Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޯލެވެލް ގަދަ 10

ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި 375 ދަރިވަރުން

މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 77 ޕަސެންޓުގަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 18 ޖުލައި 2018 | ބުދަ 03:26
އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރ އިނާމު ދެއްވަނީ

އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރ އިނާމު ދެއްވަނީ

ނިމިދިޔަ އަހަރު ސާނަވީ އިމްތިހާނު ނިންމި ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވާފިއެވެ.

މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި 375 ދަރިވަރަކު ވަނީ ހިމެނިފައެވެ. އަދި 8 މާއްދާއިން އޭ ސްޓާ ހޯދައިގެން ހަ ދަރިވަރަކު ވަނީ ގައުމީ ގަދަ 10ގެ އެއްވަނަ ހޯދައިފަ އެވެ. އެ ދަރިވަރުންނަށް ތައުލީމީ ފަންޑުން ސްކޮލަޝިޕް ވަނީ ދީފައިވެ އެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ގަދަ 10ގައި މިދިޔަ އަހަރު ހިމެނުނީ 35 ދަރިވަރަކެވެ.އޯ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދޭން ފެށުމުން، އޯ ލެވެލްގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އޯ ލެވެލް ނިންމި ދިހަ ދަރިވަރުންގެ ތެރެއިން އަށް ދަރިވަރުންނަކީ މަދުވެގެން ފަސް މާއްދާއިން ފާސްވި ދަރިވަރުން ކަމަށް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 77 ޕަސެންޓުގައެވެ. ނަމަވެސް މިނިސްޓްރީން އަމާޒު ހިފާފައި ހުރީ ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު 60 ޕަސެންޓަށް ހެދުމަށެވެ.އެހެންކަމުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބީޓެކް އިން އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ 10 ގައި ތިން ދަރިވަރަކު ވެސް މިދިޔަ އަހަރު ހިމެނިފައި ވެ އެވެ. މިއީ ބީޓެކް ހެދި ދަރިވަރަކު ގަދަ 10 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އެ ދަރިވަރުންނަކީ ހިރިޔާ ސްކޫލުގެ ފާތިމަތު ޖަސްރާ ޖަވާދާއި، އިސްކަންދަރު ސްކޫލުގެ ދަރިވަރު އަހުމަދު އަލްހާން އިބްރާހިމް، ފޭދޫ ސްކޫލުގެ އާމިނަތު އީމާނެވެ.

ތައުލީމީ އުގެނުމުގައި ކާމިޔާބު ނުވާނެ ކަމަށް ބަލައި ސްކޫލުތަކުން އުއްމީދު ދޫކޮށްލާފައިވާ އެތައް ހާސް ކުދިންނަކަށް ސަރުކާރުން އިސްނަގައިގެން ދަސްވާރާއި ބީޓެކް ޕްރޮގްރާމްގެ ތެރެއިން ކާމިޔާބު ހޯދައިދީ އެ ދަރިވަރުންގެ މުހިއްމު ކަމާއި ހުރި ހުނަރު އާއިލާއާ މުޖުތަމައުއަށް ހާމަކޮށްދެވުނު ކަން އެއީ ސަރުކާރަށ ްކުރެވުން ވަރަށް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު