Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީނާ މެދު ދުވަހަކު ވެސް ހިތްހެވެއް ނުވާނެ، އެދެނީ އިބޫ އިންތިހާބު ކާމިޔާބު ކުރުމަށް: އަބްދުﷲ ސައީދުގެ ބައްޕަ

އަބްދުﷲ ސައީދުއާ މެދު ރައީސް ޔާމިން އަމަލު ކުރެއްވީ ބޭ އިންސާފުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ޖުލައި 2018 | ހޯމަ 12:48
ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު، މުހައްމަދު ސައީދު (މ)ގެ އަރިހުގައި އިބޫ (ކ) އާއި ފައިސަލް -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕާފުޅު، މުހައްމަދު ސައީދު (މ)ގެ އަރިހުގައި އިބޫ (ކ) އާއި ފައިސަލް -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އަބްދުﷲ ސައީދާއިމެދު ރައީސް އަބްދުﷲ ޔާމިން އަމަލު ކުރެއްވި ގޮތުން ދުވަހަކު ވެސް އެމަނިކުފާނަށް ހިތްހެޔޮ ނުވާނެ ކަމަށް އަބްދުﷲ ސައީދު ބައްޕާފުޅު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ދިރިއުޅުއްވަމުން ގެންދަވާ އަބްދުﷲ ސައީދުގެ ބައްޕާފުޅުގެ އަރިހަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ހޮނިހިރު ދުވަހު ވަޑައިގެންފަ އެވެ. އަދި އެއަަށް ފަހު ރާއްޖެއެމްވީ. އަށް ދެއްވި އިންޓަވިއު ގައި މުހައްމަދު ސައީދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށް ނިންމެވުމުން ވަރަށް ބޮޑަށް އުފާކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަބްދުﷲ ސައީދަށް ބޭ އިންސާފުން ލިބެމުންދާ އަނިޔާއިން މިންޖުވާނީ މި ވެރިކަން އެ ގޮތަށް ބަދަލުވުމުން ކަމަށެވެ.

Advertisement - newsAdvertisement
"އިބްރާހިމް މުހައްމަދު ސޯލިހް މި ކަމަށް އިސްކުރެވުނީމަ އަޅުގަނޑު ވަރަށް އުފާވި. އެއީ އަޅުގަނޑުގެ ދަރިފުޅު މިކަމުން މިންޖުވާނެ ކަމަށް ފެންނަނީ މި ދައުރު މި ގޮތަށް ނިމުނީމަ،" މުހައްމަދު ސައީދު ވިދާޅުވި އެވެ.

އަދި އެހެންމެ އިބޫގެ ރަނިންމޭޓަކަށް ހަމަ ޖައްސަވާފައިވާ ފައިސަލް ނަސީމުއާ މެދު ވެސް މުހައްމަދު ސައީދު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ފާޅު ކުރައްވާފަ އެވެ. އޭގެ އިތުރުން މުހައްމަދު ސައީދު ވިދާޅުވީ އަބްދުﷲ ސައީދު ޖަލަށް ލާފައި ވަނީ އެއްވެސް ކުށެއް ނެތި ބޭ އިންސާފުން ކަމަށް އެ އާއިލާއިން ގަބޫލު ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ރައީސް އަބްދުﷲ ޔާމީނަށް ހިތްހެޔޮ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަބްދުﷲ ސައީދާއި މެދު ޔާމިން އަމަލު ކުރެއްވީ އަޅުގަނޑުމެން ދުވަހަކު ވެސް ހީނުކުރާ ގޮތަކަށް. އަޅުގަނޑުމެން ހިތްހެޔޮ ނުކުރާނަން ދުވަހަކު ވެސް. އެއްވެސް ސަބަބެއް ނެތި އެ ދަރިފުޅު ގެންގޮސް ޖަލަށް އެ ލީ. އަދި ދުވަހަކު ވެސް އަޑެއް ނާހަން ދުނިޔޭގެ އެއް ވެސް ތަނެއްގައި އުއްތަމަ ފަނޑިޔާރުކަމުގައި ހުރި މީހަކު ދަމާކޫއްތާފައި ގެންދިޔަ ވާހަކައެއް. ދެން ކިހިނެއްތޯ ޔާމީނަށް ހިތްހެޔޮ ކުރެވޭނީ،" މުހައްމަދު ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަބްދުﷲ ސައީދުގެ އާއިލާގެ އެންމެން ވެސް ތިބީ އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ވުމަށް އެދި އެދި ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު