Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އިންޒާރުދިނުން

ރައީސް ނަޝީދު 'ގަތުލުކުރުމަށް' ފެނަކައިގެ އެކްޓިން އެމްޑީ ފާޅުގައި ގޮވާލައިފި

ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލާފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 ޖުލައި 2018 | ބުދަ 17:15
ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޅުގައި މަރުގެ އިންޒާރުދެއްވައިފިއެވެ.

ޓްވިޓަރ މެދުވެރިކޮށް ލައްމާން މަރުގެ އިންޒާރު ދެއްވާފައި ވަނީ ރައީސް ނަޝީދު އަންގާރަ ދުވަހު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހޮއްވަވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ރައީސް ޔާމީން ރަނިންގ މޭޓެއްގެ ގޮތުގައި ހޮއްވަވާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއް ކަމަށެވެ. ހަމައެހެންމެ ސައުދީ އަރަބިއްޔާ އިން ޑރ. ޝަހީމަށް ތާއިދު ކުރައްވަން ނިންމަވާފައިވުމުން ހާމަވެގެންދަނީ ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުމަށް ސައުދީ އިން ތާއިދުކުރާ މިންވަރު ކަމަށް އެ ޓްވީޓްގައި ވެއެވެ.

ރައީސް ނަޝީދުގެ މި ޓްވީޓަށް ރައްދު ދެއްވައި ލައްމާންގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރައްވާފައިވާ ރިޕްލައިގައި އޭނާ ވަނީ ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދަކީ މީހުންގެ ހިތްތަކުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ މީހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. މި ޓްވީޓް އޭނާ ވަނީ ފަހުން ޑިލީޓްކުރައްވާފައެވެ.

ލައްމާން ޑިލީޓްކުރެއްވި ޓްވީޓް

މިއީ ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކު ރައީސް ނަޝީދާ ގުޅިގެން މިފަދަ ގޮތަކަށް ޓްވީޓް ކުރެއްވި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް ސަރުކާރުގެ އިސްވެރިން ވަނީ ރައީސް ނަޝީދަށް ދެރަ ގޮތްތައް މެދުވެރިވުމަށާއި ދެރަގޮތްތައް ހެދުމަށް އާންމުކޮށް ގޮވާލާފައެވެ. އެގޮތުން މިހާރު ރައީސް ޔާމީނުގެ ރަނިން މޭޓަކަށް ދެއްވާފައިވާ ޑރ. ޝަހީމް ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުއްތާ ފާކުރެއްވުމަށް ދުއާކުރެއްވި ކަމަށް ވިދާޅުވެފައި ވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު