Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޕައުލީނިއޯގެ ބަދަލުގައި ބާސާއަށް އާތުރު ގެނެސްފި

އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 40 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޖުލައި 2018 | އަންގާރަ 12:35
ގްރޭމިއޯގެ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް

ގްރޭމިއޯގެ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް

ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗައިނާގެ ކްލަބަކަށް ފޮނުވާލުމަށް ފަހު ސްޕެއިންގެ ބާސެލޯނާ އިން ބްރެޒިލްގެ ގްރޭމިއޯ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އާތުރު ހެންރިކޭ ރާމޯސް އެޓީމަށް ގެނެސްފިއެވެ.

އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 40 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާއާ އެކު އޭނާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން އޭނާގެ ރިލީސް ފީއަކީ 400 މިލިއަން ޔޫރޯއެވެ. އުމުރުން 21 އަހަރުގެ އާތުރު ބާސާއަށް ގެނެސްފައި ވަނީ މިިދިޔަ ސީޒަނަށް ފަހު އެޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އެޓީމު ދޫކޮށްލުމާއި ގުޅިގެންނެވެ.

ބާސާ އަދި ގްރޭމިއޯގެ މެދުގައި އެންމެ ފުރަތަމަ އެއްބަސްވެފައި ވަނީ އާތުރު އަންނަ އަހަރު ބާސާއަށް ގެނައުމަށެވެ. އެހެން ނަމަވެސް ބާސާއިން މި ޓްރާންސްފާގެ ކަންކަން އަވަސްކޮށްފައި ވަނީ އަންނަ ސީޒަނަށް އެޓީމުގެ މިޑްފީލްޑް ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ބާސާއިން އޭރު އޮތީ އެކި ބޯނަސްގެ ގޮތުގައި ގްރެމިއޯ އަށް ނުވަ މިލިއަން ޔޫރޯ ދައްކާ ގޮތަށެވެ.

އާތުރުގެ ފަރާތުން މިދިޔަ އަހަރު ފެނުނު ކުޅުމާ ގުޅިގެން އޭނާ ހޯދުމަށް ބާސާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ ސީޒަނުގެ ކޮޕާ ލިބެރެޓޯޑަސްގެ ފައިނަލްގައި ގްރޭމިއޯ ކުޅުނުއިރު އާތުރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެހެންމެ އެ މުބާރާތުގެ ފައިނަލް އިން އެ ޓީމު މޮޅުވިއިރު އާތުރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗަށް ފަހު ބާސާގެ ޖާޒީއެއް ހިފަހައްޓާލައިގެން ހުރެ އާތުރު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެގެން ވެސް ދިޔައެވެ.

ބްރެޒިލްގެ ގައުމީ ޓީމުން ވެސް އާތުރު އަންނަނީ ޖާގަ ހޯދަމުންނެވެ. އެހެން ނަމަވެސް އޭނާއަށް މިހާތަނަށް ބްރެޒިލްގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައެއް ނުވެއެވެ. ހަމައެހެންމެ މިއަހަރުގެ ވާރލްޑް ކަޕަށް ދިޔަ ބްރެޒިލްގެ ޓީމުން ވެސް އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ. އާތުރުގެ މޮޅު ކުޅުމާއި ގުޅިގެން އޭނާއަކީ އިނިއެސްޓާއާ އެއް ފެންވަރުގެ ކުޅުންތެރިޔަކަށް ވާނޭ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ގްރޭމިއޯއަށް ކުޅުނު 70 މެޗުގައި އޭނާ ވަނީ އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިދިޔަ ސީޒަނުގެ ބްރެޒިލް ލީގުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ހޮވުނު ކުޅުންތެރިޔާ ވެސް މެއެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު