Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮހޮޅައިގައި ތާށިވި ކުދިން

ހޮހޮޅައިގައި ތާށިވި ކުދިން: ކުރިޔަށް އޮތް ތިން ދުވަހެއްގެ ތެރޭ ނެރެވޭނެ ހާލަތަކަށް ކަންކަން ގެނެވޭނެ

ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން މީޑިއާތައްވަނީ ސަރަހައްދުން ދުރައް ޖައްސާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 ޖުލައި 2018 | އާދީއްތަ 03:45
މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުން ހޮހޮޅައިގެ ތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްކުރަނީ

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުން ހޮހޮޅައިގެ ތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްކުރަނީ

ތައިލެންްޑްގެ ތަމް ލުއަންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތްކުރުމަށް އެ މަސައްކަތުގައި އުޅޭ ޓީމަށް އޮތީ ތިނެއް ނޫނީ ހަތަރު ދުވަސް ކަމަށް އެ މަސައްކަތުގެ ލީޑަރު އަދި ހޮހޮޅަ ހުރި ޗިއަންގް ރައިގެ ގަވަރނަރ ވިދާޅުވެއްޖެއެވެ.

ނަރޮންގސަކް އޮސޮއްތަނަކޯން ވިދާޅުވީ މިހާރު ހާލަތު އޮތީ"ބަރާބަރަށް" ކަމަށެވެ.

މޫސުން ގޯސްވެ ވާރޭވެހި ހޮހޮޅައިގައި އަދިވެސް ފެން ބޮޑުވެދާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުން ފެށިގެން މީޑިއާތައް ސަރަހައްދުން ފޮނުވާލާފައިވާއިރު ވަކި ސަބަބެއް ބުނެފަައެއް ނުވެއެވެ.

ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

ކުދިން ސަލާމަތްކުރުމަށް ބައިނަލްއަގްވާމީ ބޮޑު ޓީމަކުން މަސައްކަތްކުރަމުންދާއިރު ކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޑައިވަރުންވަނީ އެކުދިންނަށް ކާނާއާއި،އޮކްސިޖަން އަދި ބޭހުގެ ސާމާނު ފޯރުކޮށްދީފައެވެ

ޗިއާންގް ރާއިގެ ގަވަރނަރ ނަރޮންގސަކް އޮސޮއްތަނަކޯން ވިދާޅުވީ މިހާރު އަދި ކުރިޔަށް އޮތް ހަތަރު ދުވަހެއްގެ ތެރޭގައި ކުދިން ހޮހޮޅައިން ނުކުތުމަށް ހުރިހާކަމެއް ރަނގަޅުވާނެ ކަމަށާއި ފެންގަޑު އޮތް މިންވަރާއި މޫސުމާއި އަދި އެކުދިންގެ ސިއްހީ ހާލަތުވެސް އެހާތަނަށް ތަންދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންނަށް ކުރެވޭނެކަމެއް ވަރަށް ސާފުކޮށް ކަނޑައަޅަން"

އޭނާ އެ ވާހަކަ ދެއްކެވިފަހުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ކުޑަވަގުތުކޮޅަކަށް ބޯކޮށް ވާރޭވެހިފައެވެ. އޭގެ ސަބަބުން އެމީހުންގެ ޕްލޭނަށް ބަދަލެއް އައިސްފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ތައިލެންގެ ކަނޑުގެ ސިފައިންގެ ޑަައިވިންގ ޔުނިޓް ތައި ނޭވީ ސީލްއިންވަނީ އެމީހުން މެދުވެރިކޮށް އާއިލާތަކަށް ކުދިން ފޮނުވި ސިޓީތައް އާއްމު ކޮށްފައެވެ.

"ކަންބޮޑުނުވޭ، އަހަރުމެެން މި ތިބީ ގަދަކޮށް" އެއް ކުއްޖެއްގެ ނޯޓްގައި ވެއެވެ. ޓީޗަރ އަހަރެމެންނަށް މާގިނަ ހޯމްވޯކް ނުދޭތި!" އޭނާ ސަމާސާ ކޮށްފައިވެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުންވަނީ ކުދިން ތިބި ހިސާބަށް ސީދާ ވާސިލުވެވޭތޯ 100 އަށް ވުރެ ގިނަ ލޯވަޅު ތޮރުފާފައެވެ.

އެކުދިން ތިބި ސަރަހައްދާ ކައިރިކަމަށް ޔަގީން ކުރެވޭ 18 ލޯވަޅެެއް ވާއިރު އޭގެ ތެރެއިން އެންމެ ފުންކޮށް ކޮނެވިފައިވަނީ 400 މީޓަަރަށެވެ.ނަރޮންގސަަކް ވިދާޅުވީ އެއިން އެއްވެސް ލޯވަޅެއް އެކުދިންނާ ހިސާބަށް ފޯރާނެ ކަމެއް ޔަގީން ނުވާ ކަމަށެވެ. ކުދިން ތިބިކަމަށް ބެލެވޭ ހިސާބަކީ 600 މީޓަރު އަޑިއެވެ.

އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ތާށިވީ ޖޫން 23 ވަނަ ދުވަހު އެވެ.

ގެއްލުނުތާ ނުވަ ދުވަހަށް ފަހު މިދިޔަ ހޯމަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށެވެ.

ކުދިން ތިބި ހިސާބަކީ ހޮހޮޅައިގެ ދޮރުން ފެށިގެން ބަލާނަމަ 4 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު