Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ﷲ ޝަރްއު ނުކުރައްވާ ކަމެއް ކުރުމަށް މަޖްބޫރު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން: ހުކުރު ޚުތުބާ

6 ޖުލައި 2018 | ހުކުރު 08:39

އަޅުކަމެއް ކަމުގައި ހަދައިގެން މާތްﷲ ހުއްދަކުރެއްވި ކަންތައްތައް ހަރާމްކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2018 | ހުކުރު 08:39
ހުކުރު ޚުތުބާގެ މައުޟޫއަކީ ވަނީ \'އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން\'

ހުކުރު ޚުތުބާގެ މައުޟޫއަކީ ވަނީ \'އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން\'

މާތްﷲ ޝަރްއު ނުކުރައްވާ ކަމެއް ތިމާގެ ނަފްސަށް ވެސް އަދި އެހެން ބަޔަކަށް ވެސް އެކަމެއް ކުރުމަށް މަޖްބޫރު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިސްލާމްދީނަކީ ލުއި ފަސޭހަކަމުގެ ދީން މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އަޅުކަމެއް ކަމުގައި ހަދައިގެން މާތްﷲ ހުއްދަކުރެއްވި ކަންތައްތައް ހަރާމްކުރުމަކީ ވެސް އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމެއް ކަމަށާއި، އެއީ އިސްލާމްދީން މަނާކުރާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ އަބްނު އައްބާސުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި އެއްދުވަހަކު ސަލާމާއި ސަލަވާތްލެއްވި ރަސޫލުﷲގެފާނު އަރިހަށް މީހަކު އައިސް އެއްގަމު މަސް ނުކައި އަމިއްލައަށް އެ ހަރާން ކުރި ކަމަށެވެ.

މިކަމާއި ގުޅިގެން މާތްﷲ ބާވައިލެއްވި މަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުންނަށްޓަކައި ﷲ، ހަލާލު ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައި މީހުން ހަރާމް ނުކުރާށެވެ. އަދި ތިޔަބައި މީހުން ހައްދުފަހަނައަޅައި ނުދާށެވެ. ހައްދުފަހަނައަޅާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެއެވެ"

އެހެންކަމުން ނިދުމާއި، ކައުމާއި، ބުއިމާއި، ކާވެނި ކުރުން ފަދަ ޒަރޫރީ ކަންތައްތައް ދޫކޮށްލުމަކީ ވެސް ދީނުގެ ލުއި ފަސޭހަކަމާ އަރާރުންވާ ކަމެއް ކަމަށް ޚުތުބާގައި ވެއެވެ.

އިސްލާމްދީން ލައްވާފައި ވަނީ ލުއި ފަސޭހަ ދީނެއްގެ ގޮތުގައި ކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ވަނީ އެދީނަކީ ﷲގެ އެންމެ ފަހު ރިސާލަތު ކަމަށެވެ. އެކަލާނގެ މިދީން ފަހްމުކޮށް ދޭހަވުމުން ފަސޭހަކޮށްދެއްވި ކަމަށާއި، މިދީނުގެ ކީރިތި ޤުރުއާން ހިތުދަސްކުރުން ފަސޭހަކޮށްދެއްވި ކަމަށެވެ.

އިސްލާމީ ޝަރީއަތަކީ ލުއި ފަސޭހަ ޝަރީއަތެއްކަން އަންގަވައިދެއްވާ މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެކަލާނގެ ތިޔަބައި މީހުން ޚިޔާރު ކުރެއްވިއެވެ. އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައި މީހުންގެ މައްޗަކަށް ނުލައްވަތެވެ"

ހުކުރު ޚުތުބާގައި ބުނީ ލުއި ފަސޭހަކަމުގެ މާނައަކީ ﷲގެ ފަރުޟު ކުރައްވާފައިވާ އަޅުކަންތައް އެމީހަކު ބޭނުން ގޮތަކަށް ކުރުމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެމީހަކަށް ކުޅަދާނެވެގެންވާ މިންވަރަކަށް އެއަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް