Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިންޖެހޭނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ފެބުރުއަރީ 2017 | ބުދަ 13:57
އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ އެމްޑީޕީ ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ބުދަ ދުވަހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ލޯކަލް ކައުސިލުތަކުގެ އިންތިޚާބާ ބެހޭ ޤާނޫނު" އަށް ބަދަލު ގެނައުމުގެ ބިލަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވޯޓު ނުދީ ރަތް ޖެހުމަށް ނިންމައި އެގޮތަށް ޢަމަލުކޮށްފައިވަނީ އިންތިޚާބެއްގެ މެދުތެރެއިން ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަށާއި، ކެންޑިޑޭޓުންނާއި އަދި ރައްޔިތުންނަށް އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ޙައްޤަށް އަރައިގަނެ، ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ޚިލާފަށް އެ ބިލް ހުށަހަޅާފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޕީޖީ ގުރޫޕުން ޤަބޫލުކުރާ އުސޫލަކީ، ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިގެންދިއުމެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިންގެ ފެކްޝަނުން އިންތިޚާބަށް ތައްޔާރު ނުވެވުމުގެ ސަބަބުން ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ގާނޫނުގައިވާ ތާރީޚަށް ކައުންސިލުތަކުގެ އިންތިޚާބު ނުބާއްވައި، އެކި ފަހަރު މަތިން ލަސްކުރަމުންދާ ދިއުމަކީ ކެންޑިޑޭޓުންނާއި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމުގެ ޙައްޤަށް އަރައިގަތުންކަމަށް އެޕާޓީން ބުނެއެވެ. އެ ޢަމަލު އެގޮތަށް ހިންގުމުގެ އިތުރުން، އިންތިޚާބެއްގެ މެދުތެރެއިން ނުވަތަ އިންތިޚާބެއް ކުރިމަތިވެފައިވަނިކޮށް ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމަށް ޤާނޫނަށް ބަދަލުގެނައުމަކީ އިންސާފުވެރި އަދި ޑިމޮކްރެޓިކް އެންމެހައި ހަމަތަކާ ޚިލާފު ޢަމަލެއްކަމަށް އެމް.ޑީ.ޕީ ޕީޖީ ގްރޫޕުން ދެކެއެވެ.

ޝަރުތުތަކަށް ބަދަލު ގެނައި އިރު، ޤާނޫނުގައިވާ ތާރީޚާ އެއްގޮތަށް އިންތިޚާބަށް ތައްޔާރުވެ، ކެންޑިޑޭޓުން ނެރޭ ޕާޓީއެއްގެ ގޮތުން އެމްޑީޕީން މާކުރިން ޕްރައިމެރީ ބާއްވައި ކެންޑިޑޭޓުން ހޮވާފައިވަނިކޮށް، އަނެއްކާ އެހެން ގޮތަކަށް ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި އެ ޝަރުތުތަކަށް ގެނައި ބަދަލުގައި މަންފާއެއް އޮތްނަމަ އެ މަންފާއެއް، ޤާނޫނުގައިވާ ތާރީޚަށް އިންތިޚާބަށް ތައްޔާރުވި ޕާރޓީއަކަށް ނުލިބި، ޤާނޫނުގައިވާ ތާރީޚަށް އިންތިޚާބަށް ތައްޔާރު ނުވި ޕާރޓީއަކަށް ލިބުމަކީ ވެސް އެއްވެސް ހަމައެއް އޮތްކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ގާނޫނަށް ގެނައި ބަދަލު އަނެއްކާ ވެސް ލޯކަލް ކައުސިލުތަކުގެ އިންތިޚާބު ލަސްކުރުމަށް ހުއްޖަތެއްގެ ގޮތުގައި ބޭނުންކޮށް އިތުރަށް އެ އިންތިޚާބު ލަސްކުރުމަކީ ގާތްކަމެއް ކަމަށާއި އެހެން އިންތިޚާބުތަކުގެ މެދުތެރެއިން ވެސް ކެންޑިޑޭޓުންގެ ޝަރުތުތައް ބަދަލުކުރުމުގެ ފެށުމެއްކަމަށް މިކަން ވެގެންދާނޭކަމަށް ދެކޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ބަދަލު ގެނައުމުގެ ބިލް ބުދަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު އުސޫލު އެއްފަރާތްކޮށް، ތިން މަރުޙަލާ އެއްކޮށްލައި، އަދި ވޯޓުލާ ގަޑިއަށް ބަދަލު ގެނައުމަށް ފަހު އެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު