Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ކޯލިޝަންގެ މެނިފެސްޓޯއަށް ގާސިމްގެ 11 ހިޔާލެއް!

5 ޖުލައި 2018 | ބުރާސްފަތި 02:26

ޖޭޕީގެ ވައުދުގެ ގޮތުގައި ނެރުއްވީ އަމިއްލަފުޅު ޚިޔާލެއް ކަމަށް ގާސިމް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2018 | ބުރާސްފަތި 02:26
ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސް - ފައިލް ފޮޓޯ

ގުޅިފައިވާ ޕާޓީތަކުގެ ޕްރެސް ކޮންފަރެންސް - ފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީން ބައިވެރިވާ ކޯލިޝަން ސަރުކާރެއްގެ އެއްބަސްވުމުގައި ހިމަނަން ފެންނަ މުހިންމު ބައެއް ޖުމްހޫރީ ޕާޓީގެ ބާނީ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް ހުށަހަޅުއްވައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ ވައުދުތަކުގެ ނަމުގައި ނެރެފައިވާ ކަރުދާހުގައި 11 ކަމެއް ކަމެއް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އެމްޑީޕީން އާންމުކޮށްފައިވާ އެ ޕާޓީގެ މެނިފެސްޓޯއާ ފުށުއަރާ ކަންކަމެވެ.

Advertisement - newsAdvertisement

ޖަނަރުމަނު ވިލާތުގައި ހުންނެވި ގާސިމް ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ރޭ އޭނާ ނެރުއްވި ކަރުދާހަކީ "އަމިއްލަ ޚިޔާލެއް" ކަމަށެވެ. ޖޭޕީ ބައިވެރިވާ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގައި އެކަންކަން ހިމެނުއްވުމަކީ ބޭނުންފުޅުވާ ކަމަކަށް ވާތީވެ، އެކަންކަން އާންމުކުރެއްވީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ވައުދުތަކުގެ ގޮތުގައި ގާސިމް ހުށަހަޅުއްވާފައިވާ ކަރުދާހުގައި ވަނީ އިސްލާމްދީނަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ހަތަރު ޕާޓީ ވަކިނުވެ ރައްޔިތުންނަށްޓަކައި ހެޔޮލަފާ ކޯލިޝަން ވެރިކަމެއް ކުރުމަށާއި، މިފަދަ ވެރިކަމެއްގައި ޕާޓީތަކުން އެއްބަޔަކު އަނެއް ބަޔެއްގެ ޚިޔާލުތަފާތުވުންތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެއްވެސް ޕާޓީއެއްގެ އެއްވެސް ވަޒީފާއެއް ނުވަތަ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހިއްސާއެއް އުނި ނުވަތަ ވަކި ނުކޮށް ރައްޔިތުންގެ އުންމީދުތަކާއެކު ރައްޔިތުންނަށް އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދިނުމަށެވެ.

ގާސިމްގެ ޚިޔާލު ކަރުދާހުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބާރާއި ޚިދުމަތަށް ގާނޫނަކުން ވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް އެއްވެސް އުނިކަމެއް ނުގެނައުމަށާއި އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރުގެ ސިފައިން ދިވެހި ދައުލަތުގެ ޚިދުމަތަށް ނުގެނައުމަށް ހިމަނާފައިވެ އެވެ.

އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރަކަށް ރާއްޖެއިން ބޭރު ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގެތަކަށް ނުގެނެއުމަށާއި ސިޔާސީ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ފަނޑިޔާރުން މިނިވަންކުރުމަށް ގާސިމް ހުށަހަޅުއްވާފައިވާއިރު، ދައުލަތުގެ ސްޓްރެޓީޖިކް އެއްވެސް އިންވެސްޓްމެންޓެއް، ގައުމުގެ އެއްވެސް މައި ދޮރާއްޓެއް ރާއްޖޭގެ އިސްތިގްލާލަށް ބުރޫއަރާނެ ފަދަ ގޮތަކަށް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށް ނުލުމަށާއި، ދައުލަތުގެ މިފަދަ މުހިންމު ހުރިހާ އަސާސްތަކެއް ހުންނަންވާނީ އަބަދުވެސް ދިވެހި ދައުލަތާއި ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ގާސިމް ހުށަހަޅުއްވާ ވައުދުގައި ހިމެނެ އެވެ.

ރާއްޖޭގެ ބިން ބޭރު ބަޔަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި، 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބަށް އުނިކަމެއް ލިބޭނެ ފަދަ ގޮތަށް ގެނެވުނު އިސްލާހާއި، މީގެ އިތުރަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނުއަސާސީގެ އަސްލާއި އޭގެ ރޫހާ ޚިލާފު އެންމެހައި ކަންކަން އަލުން ގާނޫނުއަސާސީގެ އަސްލަށް ރުޖޫއަކުރުމަށް ވެސް ގާސިމް ހުށަހަޅުއްވަ އެވެ.

އޭގެ ތެރޭގައި ޚާއްސަކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށާއި، ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމާއި، ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެންބަރުންގެ ހައްގުތަކާއި، ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ ހައްގުތަކާއި، މުޅި ދައުލަތާއި ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ފާސްކުރެވުނު އެންމެހާ ގާނޫނުތަކާއި ގަވާއިދެއް އަލުން އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ގާސިމް ދެކެވަޑައިގަންނަވަ އެވެ.

އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް، ބާރުގަދަ ވިޔަސް ބާރު ކުޑަވިޔަސް ދިވެހި މުޖުތަމައުގައި ބަލައިނުގަތުމަށް ހުށަހައަޅާފައިވާއިރު ކޯލިޝަން މެނިފެސްޓޯއެއް އިއުލާންކޮށް އެމެނިފެސްޓޯ ހުރިހާ ޕާޓީތަކުގެ ފަރާތުން ތަންފީޒުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި މި ސަރުކާރުގައި އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާ ރައްޔިތުންނަށް އިންސާފު ލިބިދެވި ދައުލަތުން އޭގެ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރަށް ގާސިމް ހުށަހަޅާ ވައުދުތަކުގެ ގޮތުގައި ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ނުކުރުމަށާއި، ކޮމަންވެލްތުގައި އަލުން ބައިވެރިވެ، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ގާއިމްކުރުމަށް އެދިފައެވެ. އަދި ކޯލިޝަން ސަރުކާރުގެ ބޮޑެތި ހުރިހާ ނިންމުމެއް ކޯލިޝަންގެ އިސްވެރިންގެ ކައުންސިލެއް އުފައްދާ އެކައުންސިލުން ފާސްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ހުށަހަޅާފައެވެ.

ޖޭޕީގެ ވައުދުތަކުގެ ގޮތުގައި ގާސިމް ނެރުއްވި ލިޔުމުގައި ވަނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުމާއި ގައުމުގެ އިސްތިގުލާލާއި ސިލްމާއި ސަލާމާއި މިއަދު ދިވެހިރާއްޖެ އޮތް ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި އެޕާޓީން ކޯލިޝަން ބައިވެރިންގެ ކިބައިން ވައުދުވާން އެދޭ ކަމަށެވެ.

މިއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ޖުމްހޫރީ ޕާޓީން ވަރަށް އިޚުލާސްތެރިކަމާއި ވަރަށް ފޮނި އުންމީދާއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ނިންމި ނިންމުމާއި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން އުފެދުނު ސަރުކާރުތަކުން ކަންތައްތައް ވެގެންދިޔަގޮތުން މިއަދު އެޕާޓީން ގޮތެއް ނިންމުމުގައި ކޯލިޝަން އެއްބަސްވުމެއްގެ މައިގަނޑު ރުކުންތަކާއި އަސާސްތަކުގެ ތެރޭގައި ހިމަނަން ކޮންމެހެންވެސް އެދޭ މުހިންމު އުންސުރުތައް ކަމަށް ވެސް ގާސިމްގެ ނެރުއްވި ލިޔުމުގައިވެ އެވެ.

ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެންމެ ހަމަޖެހޭ ގޮތަކަށްކަން ފާހަގަކުރައްވައި އެޕާޓީން ބުނީ ޖެޕީއަކީ ރާއްޖޭގެ އާންމު ރައްޔިތުންގެ ޕާޓީއެއް ކަމަށާއި އަބަދުވެސް ތިބޭނީ ގައުމާއި ރައްޔިތުންނާ އެކުގައި ކަމަށާއި ވައުދުވާން ބޭނުންވަނީ، ކޯލިޝަން ހަދަން ބޭނުންވަނީ ދިވެހި ގައުމާ އެކުގައި، ދިވެހި ރައްޔިތުންނާ އެކުގައި ކަމަށް ވެސް ޖޫމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!

12 އެޕްރީލު 2017
ގާސިމްގެ ބަންދަށް ހަ ދުވަސް ޖެހި މައްސަލައިގެ އިސްތިއުނާފު މިއަދު 2:00 ގައި!
07 އެޕްރީލު 2017

ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި

07 އެޕްރީލު 2017
ގާސިމްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަ ދުވަސް ޖަހައިފި
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ މިދަނީ ދިރާސާކުރަމުން، ދައުވާއެއް އަދި ނުކުރަން: ޕީޖީ
04 އެޕްރީލު 2017

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި

04 އެޕްރީލު 2017
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް