Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ މައްސަލަ

ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި

ރިޝްވަތަކީ ކޮރަޕްޝަންގެ އަމަލެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 18:49
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޝްވަތު ދިންކަމަށް ބުނާ މައްސަލަ، ފުލުހުން ތަހުގީގު ކުރުމުގެ މެންޑޭޓް ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރުހުރި ފަރާތަކުން "ރާއްޖެއެމްވީ"އަށް ކަށަވަރުން ކޮށްދިން ގޮތުގައި ޕީޖީ އޮފީހުން އެމައްސަލަ ދިރާސާކުރި ގާނޫނީ ވަކީލުންގެ ޓީމުން ނިންމާފައިވަނީ ރިޝްވަތަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށްވާތީ ކޮރަޕްޝަން ހިމެނޭ މައްސަލަތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ. އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައިވާ ކަމެއް ނޫން ކަމަށް ނިންމާ، އެ މައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމާފައިޥާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރިޝްވަތަކީ ކޮބައިކަން ހާމަކޮށްފައިވާ "ކޮރަޕްޝަން ހުއްޓުވުމައި މަނާކުރުމުގެ ގާނޫނު"ގެ ދެވަނަ މާއްދާގެ (ހ)ގައި ބުނަނީ ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތަކުން ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަމަކާ ނުވަތަ މުއާމަލާތަކާ ގުޅޭ ގޮތުން، ވަކިފަރާތަކަށް ލުޔެއް، ނުވަތަ ފަސޭހައެއް، ނުވަތަ ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ވަކިފަރާތަކަށް ބުރައެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ބުރައެއް ޖެއްސުމަށް، ނުވަތަ އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމަށް ޝައުގުވެރިކުރުމަށްޓަކައި، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫން ގޮތަކުންވިޔަސް، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އަމިއްލައަށް، ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އަމިއްލައަށް، ނުވަތަ އެހެން މީހަކު މެދުވެރިކޮށް، ނުވަތަ އެހެން މީހެއްގެ ފަރާތުންވިޔަސް، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމާއި އެފަދަ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި، ދިނުމަށް ހުށަހެޅުމާއި، ދިނުމަށް އެއްބަސްވުމަކީ ކުށެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައި ބުނަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި ތަހުގީގު ކުރުމަށްފަހު، ޝަރީއަތަށް ފޮނުވަންޖެހޭކަމަށް ފެންނަނަމަ އެމައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގައި ކޮރަޕްޝަނަކީ ކޮބައިކަން ހާމަކޮށްފައިވާއިރު، އެމާއްދާގައި ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ކުށްތައް ކަމަށެވެ.

އެހެންކަމުން ފުލުހުން ގާސިމްގެ މައްޗަށް ކުރާ ރިޝްވަތުގެ ތުހުމަތު ނިމުމަކަށް އައިއިރު، ދެން އެމައްސަލަ ތަހުގީގު ކުރުމުގެ ބާރުލިބިގެންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު