Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމަށް ދައުވާކުރުން

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި

މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 08:53
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރުމަށް ފޮނުވައިފި އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ގާސިމް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އެގޮތުން ފުރަތަމަ ފުލުހުން އިދާރާއަށް ގާސިމް ހާޒިރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ދެވަނަ ފަހަރަށް ގާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އާދިއްތަ ދުވަހު އެވެ. އާދިއްތަ ދުވަހު ފުލުހުންގެ އިދާރާއަށް ގާސިމް ހާޒިރުކޮށް، ރައްޔިތުންގެ މަޖިލީހަށް ރިޝްވަތު ދިންކަމުގެ ތުހުމަތާ ގުޅޭ ވީޑިއޯގެ އެނަލިސިސް ހެދުމަށް ގާސިމްގެ އަޑާއި ފޮޓޯ ނެގި އެވެ. އެހެންކަމުން ގާސިމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ފަސް ދުވަހުގެ ތަހުގީގަކަށް ފަހު އެވެ.

ރިޝްވަތު ދިން ކަމުގެ ތުހުމަތުކޮށްފައި ވަނީ ގާސިމް ވިދާޅުވި ގޮތުގައި، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

އެހެން ވިދާޅުވީ ރިޝްވަތުދެއްވުމަށް ނޫންކަމަށާއި، އެއީ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިހާބުކުރުމަށް ޕާޓީގެ ތެރެއިން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ވާހަކަ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވިދާޅުވި ވާހަކައެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ހައްޔަރުކުރަން އުޅޭ ވާހަކައާއި، ޕްރޮސެކިއުޓާ ޖެނެރަލް އެ މައްސަލަ ކޯޓަށް ފޮނުވަން އުޅޭ ވާހަކައާއި އަދި މިހާރު ވެސް ހުކުމް ލިޔެފައިވާކަމަށް އޭނާގެ ބޭފުޅުންގެ ގާތުގައި ކޮންމެވެސް ބަޔަކު ބުނެފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާގެ ބޭފުޅުންގެ ގާތުގައި މީހުން އެފަދަ ވާހަކަ ދެއްކިޔަސް، ޝަރީއަތެއް ނުހިންގައި ގާޒީ ހުކުމް ލިޔުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ގާސިމް ވިދާޅުވީ ވަރަށް ނިކަމެތި ހާލުގައި އުޅެނިކޮށް، އޭނާ މިހާރު ހުރި ހިސާބަށް ގެނެސްދެއްވީ މާތްﷲ ކަމަށާއި އެހެންކަމުން މިހާރަށް ވުރެ މާރަނގަޅު ހާލަތަކަށް ގެންދެވުމަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެެވޮޑިގެންވާ ކަމަށެވެ.

އެހެންކަމުން ގާސިމް ވަނީ އެކަންކަމާ ފިކުރުކޮށް ރޮއި، ކަރުނަނޭޅުމަށް އޭނާގެ ބޭފުޅުންނަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު