Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާގެ އެކައުންޓްތައް ފްރީޒް

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

ފްރީޒް ކޮށްފައިވަނީ މީރާއަށް ލިބިދޭ ބާރުގެ ދަށުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މާރިޗު 2017 | ބުދަ 22:13
ގާސިމް އިބްރާހީމް ރައީސް މައުމޫނާއެކު

ގާސިމް އިބްރާހީމް ރައީސް މައުމޫނާއެކު

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ގުރޫޕްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ވިލާއަށް އަންގާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. މީރާގެ ޑިރެކްޓަރ ޖެނަރަލް އެންފޯސްމަންޓް ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް ބުދަދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވިލާގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި، ބޭންކު އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރަށް، މުދާ އެތެރެކުރުމާއި ބޭރުކުރުން ހުއްޓުވައި، އަދި ކަސްޓަމްސްގެ އެހެން ހިދުމަތްތަކާއި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ދިނުން ވަނީ މެދުކަނޑާލާފަ އެވެ.

މީރާ އިން ފޮނުވި ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމު ކުލީގެ ގޮތުގައި 3.7 ޑޮލަރު (58.1 މިލިއަން ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު (225.5 މިލިއަން ރުފިޔާ) އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) މީރާއަށް ދައްކަންޖެހެ އެވެ. އެއީ ޖުމުލަ 18.6 މިލިއަން އެމެރިކާ ޑޮލަރު (286.8 މިލިއަން ރުފިޔާ) އެވެ. "ވީމާ އެ ފިޔަވަޅުތަކުން ތިޔަ ކުންފުނި ވީއްލޭނީ ތިޔަ ކުންފުނިން ދައްކަވަންޖެހޭ މަތީގައި ބަޔާންކޮށްފައިވާ ފައިސާ އެއްކޮށް ދައްކަވާ ހަލާސް ކުރެއްވުމުން ނުވަތަ އެފައިސާ ދެއްކެވުމާއި ގުޅޭގޮތުން އެއްބަސްވުމަކަށް ވަޑައިގެންނެވުމުން ކަމުގައި ދަންނެވީމެވެ،" ސިޓީގައި ބުނެފައިވެ އެވެ. މީރާއިން ވިލާގެ އެކައުންޓްތައް ފްރީޒު މިކުރީ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި އޮތް ތ. އެލާގެ މައްސަލައިގައި، ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުން އަންގާރަ ދުވަހު ބާތިލުކުރުމާ ގުޅިގެންނެވެ. ހައިކޯޓުން ނިންމީ، ތ. އެލާ އަތުލާފައިވަނީ ރަނގަޅަށް ކަމަށެވެ. ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އެލާ ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ ކުންފުންޏާއެކު ހަދާފައިވާ އެމެންޑެޑް އެންޑް ރީ ސްޓޭޓް އެގްރިމަންޓް އުވާލީ 12 ޑިސެމްބަރު 2013 ގައި ސޮއިކޮށްފައިވާ ސެޓުލްމަންޓް އެގްރީމަންޓް އުވާލި އުވާލުން އަސާސަކަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ވިލާއަށް އަންގާފައިވާ އެންގުމަކީ އެއްބަސްވުމާ ހިލާފު ބާތިލް އެންގުމެއް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

ވިލާގެ އެކައުންޓްތައް ފްރީޒު މިކުރީ ވިލާއަށް ބޮޑު ރާޅެއް އަރާނެ ކަމަށް މި ހަފުތާގައި ގާސިމް ވިދާޅުވެފައި ވަނިކޮށެވެ. އެކައުންޓަތައް ފްރީޒު ކުރިޔަސް ރަށްތައް ނެގިޔަ ފަރުވާލެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނެ ކަމުގެ ޔަގީންކަށް އޮތް ކަމަށް އެމްބ

މީގެ ކުރިން 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާ އަށް ތައްޔާރުވަމުން ަނިކޮށް، ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ 99 މިލިއަން އެމެރިކާ ޑޮލަރު ނުދައްކާ ކަމަށް ބުނެ އެފަހަރު ވެސް ވިލާ ގުރޫޕުގެ އެކައުންޓްތައް ފްރީޒްކޮށްފައިވެ އެވެ. އޭރުވެސް ވިލާއިން ބުނަމުންދިޔައީ ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު