ރައީސް މާލެ ވަޑައިގެންފި
3 ޖުލައި 2018 | އަންގާރަ 16:59ރައީސްގެ ދަތުރުފުޅަކީ ދެދުވަހުގެ ދަތުރުފުޅެއް

ތަހާރަތު މުހައްމަދު ވަހީދު | 3 ޖުލައި 2018 | އަންގާރަ 16:59

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ށ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުތައް ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ށ.ބިލަތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައާއި، ށ.ފުނަދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.
އަދި ށ.ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވައި، ށ.މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވާފައިވެއެވެ.









