Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ވައުދުތައް

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ: ސަރަހައްދަށް ވެސް ނަމޫނާ މިސާލެއް

ވައުދަކީ އެމްޑީޕީގެ މެނިފެސްޓޯގެ ވައުދެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖުލައި 2018 | އަންގާރަ 09:25
މެޓާނިޓީ ލީވް: މަންމައިންނަށް 6 މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައި

މެޓާނިޓީ ލީވް: މަންމައިންނަށް 6 މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވަނީ ކަނޑައަޅާފައި

ރިޔާސީ އިންތިހާބަށް ކޮޅުމަތިވެފައިވާ އިރު ކެމްޕެއިންގެ ކަންކަން އެކި ޕާޓީތަކުން ދަނީ ކުރަމުންނެވެ. ސަރުކާރާއި ހާއްސަކޮށް އިދިކޮޅު އެންމެ ބޮޑު ޕާޓީން ވެސް ދަނީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައަޅާފައިވާ އިރު ސަރުކާރުން ވަނީ ރައީސް އަބްދުﷲ ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކެމްޕެއިންގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށްދާއިރު އެމްޑީޕީން ވަނީ އެޕާޓީގެ މެނިފެސްޓޯވެސް އާންމުކޮށްފައެވެ. މެނިފެސްޓޯގައި ކަނޑައަޅާފައި ވަނީ ފަސް ވައުދެކެވެ. އެގޮތުން އޯގާތެރި ސަރުކާރުގެ ސިޔާސަތުގެ ދަށުން ވަޒީފާގައި އުޅޭ އަންހެނުންނާއި ފިރިހެނުނުންނަށް ހާއްސަކޮށް ތަފާތު ކަންތައްތަކެއް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކޮންމެ ދިވެހި އާއިލާއަކަށް ކުރިމަތިވާ ކޮންމެ އަސާސީ ދަތިތައް ދެނެގަނެ، އެ ދަތިތައް ލުއިކޮށްދިނުމަކީ އެމްޑީޕީން ހާއްސަ އަހަމިއްޔަތެއް ދޭކަމެއް ކަމަށް ކަނޑައަޅާފައި ވުމެވެ. އެގޮތުން ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާ ދުވަހަކީ މަންމަ އާއި ދަރިފުޅަށްވެސް ނާޒުކު ދުވަސްވަރެއްކަން ދެކި ދުޅަހެޔޮ ދަރީންތަކެއް ބޮޑު ކުރުމައްޓަކާ ކޮންމެ މަންމައަކަށް މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ މެޓަރނިޓީ ލީވް ލިބިގެންދާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ކޮންމެ ބައްޕައަކަށް އެއް މަހުގެ ޕެޓާރނިޓީ ލީވް ލިބިގެންދާނެ ކަމަށް ވަނީ ވައުދުވެފައެވެ. ބޭބީ ފޯމިއުލާ އާއި ތުއްތު ކުދީންނަށް ބޭނުންވާ ކާނާ އާއި އެހެނިހެން ތަކެތި އަގުހެޔޮކޮށް ދެވޭނެ ކަމަށްވެސް އެމްޑީޕީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ވެސް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުންވެސް ވަނީ ކަނޑައަޅާފައެވެ. ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއި އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާ އަސާސީ ތަކެއްޗާއި މުހިއްމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭނެ ކަމަށް ކަނޑައަލާފައިވެއެވެ. އެފަދަ ހަދިޔާއެއްގެ ބޭނުމަކީ ޅަފަތުގެ ކުދިންގެ ދުޅަހެތޮ ކަމަށް ބާރުއެޅުން ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

މިއީ މި ފާއިތުވެދިޔަ އަހަރުތަކުގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓުންވެފައިވާ ވައުދުތަކަށް ބަލާއިރު މިފަދަ ކަންތައްތަކެއް ފެނިފައިނުވެއެވެ. އާންމުކޮށް މެނިފެސްޓޯތަކުގައި ބޮޑަށް ހިމަނާފައި ވަނީ ތަރައްގީ ކުރުމަށް ކަނޑައަޅާ ބޮޑެތި މަޝްރޫއުތަކާއި ސިއްހީ ނިޒާމު ރަނގަޅު ކުރުމާއި ތައުލީމީ ނިޒާމު ރަނގަޅު ކުރުމާ ގުޅޭ ސިޔާސަތުތަކާއި ވައުދުތަކެވެ. އަނެއްކާވެސް އެމްޑީޕީން މި ވަނީ އެ ޕާޓީގެ މެނިފެސްޓޯގައި ތަފާތު ކަންތައްތަކެއް ހިމަނާފައެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވަޒީފާ އަދާކުރާ މައިބަފައިންނަށް އަމާޒުކޮށް ވެފައިވާ ވައުދަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމައުތަކުން ވެސް އަމަލު ކުރުމަށް މަސައްކަތް ކުރާ އަދި ދުނިޔޭގެ ތަހުޒީބު މުޖުތަމައުތަކުން މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުތަކާއި އެއްގޮތް ސިޔާސަތެކެވެ. އަދި މިކަމަށް އަމަލު ކުރަން ފެށިއްޖެނަމަ އެ ސިޔާސަތު ވެގެންދާނީ މި ސަރަހައްދުގެ ގައުމުތަކުން ވެސް މިސާލު ނަގާނެފަދަ ސިޔާސަތަކަށެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ މެރނިޓީ ލީވް އާއި ޕެޓާރނިޓީ ލީވްތައް ލިބިގެންދާ ގިނަ ގައުމުތަކަކީ ޔޫރަޕްގެ ގައުމުތަކެވެ.

ބަލްގޭރިއާގައި 59 ހަފްތާ މެޓާރނިޓީ ލީވްގެ ގޮތުގައި ލިބިގެންދެ އެވެ. އެއީ ގާތްގަނޑަކަށް އެއް އަހަރާއި ތިން މަސް ދުވަހެވެ. އޭގެ ތެރެއިން ފުރިހަމަ މުސާރަ 11 މަސް ދުވަހު ލިބިގެންދެއެވެ.

އިނގިރޭސިވިލާތައް ބަލާ އިރު ވިހެއުމަށްފަހު މަންމައިންނަށް މެޓާރނިޓީ ލީވްގެ ގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ލިބިގެންދާ އިރު އޭގެ ތެރެއިން ނުވަ މަސް ދުވަހުގައި މުސާރައިގެން ދެބައި ކުޅައެއްބައި ލިބިގެންދެއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރެއިން ތިން މަސް ދުވަހު ފުރިހަމަ މުސާރަ ލިބިގެންދެއެވެ.

ޑެންމާކަށް ބަލާއިރު ގާތްގަނޑަކަށް ހަތަރު މަސް ދުވަސް މެޓާރނިޓީ ލީވްގެ ގޮތުގައި ލިބޭ އިރު އޭގެ ތެރެއިން އެއް މަސް ދުވަހަކީ ވިހެއުމުގެ ކުރިން ލިބޭ އެއް މަސްދުވަހެވެ. އަދި ވިހެއުމަށްފަހު ތިން މަސް ދުވަސް މަންމައިންނަށް ލިބިގެންދާ އިރު ބައްޕައިންނަށް ދެ ހަފްތާގެ ޗުއްޓީ ލިބިގެންދެއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަ ބޭނުންވާ ގޮތަށް އިތުރު އަށް މަސް ދުވަހުގެ ލީވެއް ދެމީހުންނަށް ބަހާލުމުގެ ފުރުސަތު ދެވިގެންދެއެވެ. މީގެ އިތުރުން ދަރިފުޅު ބަލިވެއްޖެ ނަމަ އިތުރު ތިން މަސް ދުވަސް ލިބިގެންދެއެވެ. މުޅި ޖުމްލަ ގާނޫނުގެ ތެރެއިން އެއް އަހަރު ދުވަސް ދަރިއަކު ވިހެއުމަށްފަހު ދަރީގެ މަންމަ އާއި ބައްޕައަށް ލީވްގެ ގޮތުގައި ލިބިގެންދެއެވެ.

ސްވިޑެންގައި އަލަށް ދަރިއަކު ލިބޭ މައިންބަފައިންނަށް އެއް އަހަރާއި ހަތަރު މަސް ދުވަސް ލީވްގެ ގޮތުގައި ލިބިގެންދެ އެވެ. އަދި މައިންބަފައިންނަށް ބޭނުންވާ ގޮތަކަށް ލީވް ބަހާލުމުގެ ފުރުސަތު ވަނީ ދީފައެވެ. މީގެ އިތުރުން ބައްޕަމެންނަށް 90 ދުވަސް ފުރިހަމަ މުސާރަ އާއެކު ޕެޓާރނިޓީ ލީވް ލިބިގެންދެއެވެ.

ބެލްޖިއަމަށް ބަލާއިރު ޅަދަރިމައިންނަށް ތިން މަސް ދުވަސް ލިބިގެންދާއިރު ފުރަތަމަ ތިރީސް ދުވަހު އަދާކުރާ ވަޒީފާއިން ލިބޭ މުސާރާއިގެ 80 ޕަސެންޓް ލިބިގެންދެއެވެ. އަދި ބާކީ ދުވަސްތަކަށް މުސާރައިގެ 75 ޕަސެންޓް ލިބިގެންދެއެވެ. މީގެ އިތުރުން ބައްޕަމެންނަށް 10 ދުވަސް ލީވް ލިބިގެންދާއިރު އެފަރާތްތަކަށް ފުރިހަމަ މުސާރަ ލިބިގެންދެއެވެ.

އައިސްލެންޑްގައި ދައިރަކު ވިހެއުމުގެ ކުރިން ނުވަ މަސް ދުވަހުގެ ޗުއްޓީއެއް ބެލެނިވެރިންނަށް ލިބިގެންދާ އިރު މި ދުވަސްތައް ބެލެނިވެރިން ބޭނުންވާ ގޮތަށް ބަހާލެވެއެވެ. އަދި އަލަށް ދަރިއަކު ވިހާ މައިންނާއި އަލަށް ބައްޕައަކަށްވާ ފިރިހެނުންނަށް ކޮންމެ މީހަކަށް ތިން މަސް ދުވަސް ލިބިގެންދާނެއެވެ. މި ބަންދު ދުވަސްތަކުގައި ވަޒީފާގެ މުސާރައިގެ 80 ޕަސެންޓް ލިބިގެންދެއެވެ.

މިގޮތަށް އެންމެ ރަގަޅު ނުވަތަ ދުނިޔެ ބަލައިގަންނަ މެޓާރނިޓީ އަދި ޕެޓާރނިޓީ ލީވް ދޭ ގައުމުތަކަކީ ޔޫރަޕްގެ ގައުމުތަކެވެ. މި ލިސްޓުގައި އޭޝިއާ އާއި އެމެރިކާ ބައްރުގެ ގައުމުތައް ނުހިމެނޭ އިރު އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ހަ މަސް ދުވަހުގެ މެޓާރނިޓީ ލީވްއާއި އެއް މަސް ދުވަހުގެ ޕެޓާރނިޓީ ލީވް ލިބެއްޖެ ކަމުގައިވާ ނަމަ ރާއްޖެވެގެންދާނީ މެޓާރނިޓީ ލީވް ދޭ ނަމުނާ ގައުމަކަށެވެ. އަދި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ގައުމަކަށް ވެގެންދާނެއެވެ.

މިފަދަ ގޮތަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދީފިކަމުގައިވާ ނަމަ ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަސައްކަތްތަކަށް ހުރަސްއެޅި ޕްރޮޑަކްޓިވިޓީ ދަށްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް ހަގީގަތަކީ މިހާރުވެސް ރާއްޖޭގައި އެންމެ ގާބިލް އަންހެނުން މަސައްކަތް ކުރާ މުއައްސަސާތަކުގައި ވިހާ އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދަނީ ދެމުންނެވެ.

އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުވައްޒަފުންނަށް ދެވޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށް މާބަނޑު އަންހެނުންނަށް މެންދުރު ކެއުމަށް ދެވޭ އެއް ގަޑިއިރުގެ ހުސް ވަގުތުކޮޅުގެ ތެރެއިން "ފްލެކްސިބަލް ބްރޭކް"ގެ ގޮތުގައި އެއް ގަޑިއިރު ނެގޭ ގޮތަށް ނިންމާފައިވާ ވެއެވެ.

މީގެ އިތުރުން އެމްއެމްއޭ އިންވެސް ވަނީ މިފަދަ ގޮތަކަށް އަންހެނުންނަށް ވިހެއުމާއެކު ދޭ ޗުއްޓީ ހަ މަސް ދުވަހަށް ބަދަލުކޮށްފައެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި 13705 އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދާ އިރު ފިރިހެން މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަނީ 10811 ފިރިހެނުންނެވެ. މިފަދަ ބަދަލަކާއެކު ހަމަގައިމުވެސް ވަޒީފާއަދާ ކުރާ އާއިލާތަކަށް ދިރިއުޅުން ކުރިއަށްގެންދިއުމަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

ވީޑިއޯ ރިޕޯޓް - އޮކްޓޯބަރ ހަނގުރާމަ – ހަދުވަހުގެ ހަނގުރާމައަށް ހިފި ބަދަލު!

24 އޮކްޓޯބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު