Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މުހައްމަދު ސަލާހު ލިވަރޕޫލްގެ ކޮންޓްރެކްޓް އިތުރު 5 އަހަރަށް އައުކޮށްފި

ރިލީޒް ކްލޯޒްއެއް ކޮންޓްރެކްޓްގައި ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ޖުލައި 2018 | ހޯމަ 14:33
ސަލާހު ވަނީ ލިވަރޕޫލައަށް ޕްރިމިއަރ ލީގްގައި 32 ގޯލް ޖަހައިދީފައި

ސަލާހު ވަނީ ލިވަރޕޫލައަށް ޕްރިމިއަރ ލީގްގައި 32 ގޯލް ޖަހައިދީފައި

މިސްރުގެ ބައިނަލްއަޤްވާމީ ފޯވަޑް މުހައްމަދު ސަލާހު އޭނާ ކުޅެމުން އަންނަ ޕްރިމިއަރ ލީގްގެ ލިވަރޕޫލްއާއިއެކު ހަދާފައިވާ އެއްބަސްވުން އިތުރު 5 އަހަރަށް އިތުރުކޮށްފިއެވެ.

އިޓަލީގެ އޭއެސް ރޯމާއިން ލިވަޕޫލަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ސީޒަންގައި ބަދަލުވި އުމުރުން 26 އަހަރުގެ ސަލާހުވަނީ އޭނާ އެކްލަބަށް ކުޅުނު 52 މެޗުގައި 44 ގޯލް ޖަހާފައިވެއެވެ. ޕްރިމިއަރ ލީގްގެ ނިމިިދިޔަ ސީޒަންގައި ލިވަރޕޫލަށް 32 ގޯލް ކާމިޔާބުކޮށްދީގެން ސަލާހުވަނީ ސީޒަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމާއެކު އިނގިރޭސި ޕްރިމިއަރ ލީގްގެ ރަން ބޫޓު ހާސިލްކޮށްފައެވެ. 2023 ވަނަ އަހަރާއި ހަމަޔަށް ލިވަރޕޫލްގައި މަޑުކުރުމަށް ސަލާހު ސޮއެކުރިއިރު، އޭނާގެ އެއްބަސްވުމުގައި ރިލީޒް ކްލޯޒެއް ނެތެވެ.

ސަލާހުގެ ކޮންޓްރެކްޓް އިތުރުކުރުމާއި ގުޅިގެން ލިވަރޕޫލްގެ ކޯޗް ޖަރގެން ކްލޮޕް ބުނީ އެއިން ދައްކައިދެނީ 2 ކަމެއްކަމަށެވެ. ފުރަތަމަ ކަމަކީ ކްލަބާއި މެދު ސަލާހު އިތުބާރުކުރާކަން ކަމަށާއި، ދެވަނަ ކަމަކީ ކްލަބުން އޭނާއާއިމެދު އިތުބާރު އޮތުންކަމަށެވެ. އަދި އެންފިލްޑްގައި ހުނަރުވެރި ކުޅުންތެރިންނަށް ޖާގައާއި ފުރުސަތު އެބައޮތްކަމަށް ދައްކަން ބޭނުންވާކަމަށް ކްލޮޕް ބުންޏެވެ.

ސަލާހުގެ މިިދިޔަ ސީޒަންގެ ކުޅުމަށް ބަލައި އިނގިރޭސި އެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި ފުޓްބޯޅަ ނޫސްވެރިންގެ ޖަމްއިއްޔާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ސަލާހަށް ދީފައިވެއެވެ.

ސޮއެކުރުމަށްފަހު ސަލާހު ބުނީ ކްލަބުގައި މަޑުކުރަން ބޭނުންވާކަމަށާއި، މިދިޔަ އެއް އަހަރު ލިވަރޕޫލްގައި ކުރެވުނީ ރަނގަޅު ތަޖުރިބާއެއްކަމަށެވެ. އަދި ޓީމާއި، ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ.

ލިވަރޕޫލް މިދިޔަ ސީޒަން ނިންމާލީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ 4 ވަނައިގައި އޮވެގެންނެވެ. އަދި ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލް އަތުން އެޓީމު ބަލިވީ 3 - 1 އިންނެވެ. ޔޫކްރެއިންގެ ކިއެވްގައި ކުޅުނު އެމެޗުގައި ސަލާހުގެ ކޮނޑު ހުޅަށް އަނިޔާވެ، ވާރލްޑް ކަޕްގައި އޭނާއަށް ނުކުޅެވިދާނެކަމަށް ބެލެވުނެވެ. ވާރލްޑް ކަޕް ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި 1 - 0 އިން އުރުގުއާއީ އަތުން މިސްރު ބަލިވި މެޗުގައި ސަލާހަށް ނުކުޅެވުނެވެ. އެހެން ނަމަވެސް އޭގެ ފަހުން ސަޢޫދީ ޢަރަބިއްޔާ އާދި ރަޝިޔާއާއި ދެކޮޅަށް ކުޅުނު މެޗުތަކުގައި ކުޅެ، ސަލާހު ވަނީ ކޮންމެ މެޗެއްގައިވެސް ލަނޑު ޖަހާފައެވެ. އެހެންނަމަވެސް މިސްރަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއް ނުވިއެވެ.

އައު ސީޒަނަށް ތައްޔާރުވުމަށް ހޯމަ ދުވަހު ލިވަރޕޫލްއިން ވަނީ ޕްރެކްޓިސް ފަށާފައެވެ. އެހެންނަމަވެސް ހޯމަ ދުވަހުގެ ޕްރެކްޓިސްގައި ސަލާހު ފެނިފައެއް ނުވެއެވެ. އަދި ނެދަރލެންޑްސްގެ ކުޅުންތެރިންކަމަށްވާ ވަރޖިލް ވެންޑައިކް އަދި ޖޯޖީނިއޯ ވިނަލްޑަމް އާއި ވާރލްޑް ކަޕްގައި ކުޅޭ އެހެން ކުޅުންތެރިންވެސް ފެނިފައެއް ނުވެއެވެ.

ލިވަރޕޫލްއިން އަލަށް ގެނައި ދެ ކުޅުންތެރިންކަމަށްވާ ނަބީ ކެއިޓާ އަދި ފަބީނިއޯ ވަނީ ހޯމަ ދުވަހު ޕްރެކްޓިސްގައި ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު