Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލެޓިކްސް

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

ސާއިދު ޖެމެއިކާ އަށް ދަނީ އައިއޭއޭއެފްގެ ސްކޮލަޝިޕްގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 22:47
ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑަރޭޝަން (އައިއޭއޭއެފް)ގެ ސްކޮލަޝިޕެއްގައި އަނެއްކާވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖެމެއިކާއަށް ފުރަން ހަމަޖެހިއްޖެ އެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދުއަށް މި ސެންޓަރުން ފުރަތަމަ ފުރުސަތު ހޯދައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އިން ނެވެ. އެއަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އޭނާ ތަމްރީންތައް ފުރިހަމަކޮށްފައި ވަނީ އައިއޭއޭއެފްގެ ސްކޮލަޝިޕްގެ ތެރެއިންނެވެ. 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ. އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އާ އަހަރުގެ ސްކޮލަޝިޕަށް ފުރަން ތައްޔާރުވަމުންދާއިރު ސާއިދު ބުނީ އޭނާގެ އަމާޒަކީ މިދިޔަ އަހަރަށް ވުރެން ގިނަ ކާމިޔާބުތަކެއް މިއަހަރު ހޯދުން ކަމަށާއި ގައުމަށް ރީތި ނަން ހޯދުމަށް މިއަހަރު ވެސް މަސައްކަތް ކުރާނެ ކަމަށެވެ. ޖެމެއިކާގައި ފަށާ ޓްރެއިނިން ސްކޮލަޝިޕްގައި ބައިވެރިވުމަށް ސާއިދު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު ބާރު މި އަހަރުގެ އެތްލެޓިކްސް ސީޒަން ނިމެންދެން އޭނާ ޖެމެއިކާގައި މަޑުކުރާނެ އެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު