Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްއަކީ ޕީޕީއެމްގެ އެއް މުއައްސިސް، ހުކުމަކީ ބޭއިންސާފު ހުކުމެއް: ގުޅިފައިވާ ޕާޓީތައް

1 ޖުލައި 2018 | އާދީއްތަ 10:56

ތަހުގީގު ކުރަމުން ދިޔައިރުވެސް ފާރިސަކީ ޕީޕީއެމް މެމްބަރެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޖުލައި 2018 | އާދީއްތަ 10:56
ޕީޕީއެމް ރެޖިސްޓްރީ ކުރުމުގެ މަސައްކަތުގެ ތެރެއިން

ޕީޕީއެމް ރެޖިސްޓްރީ ކުރުމުގެ މަސައްކަތުގެ ތެރެއިން | ފޭސްބުކް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެޕާޓީގެ މުއައްސިސް ކަމަށާއި ޝަހުސު އޮޅުވާލި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމައްސަލައިގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރި އިރުވެސް ފާރިސަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލު ކުރައްވާ މެމްބަރެއް ކަމަށެވެ. އަދި ފާރިސް ޝަހުސު އޮޅުވާލި ކަމަށް އެބުނާ ޕްރެސްގައި މީޑިއާ އާއި ހިއްސާ ކޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ޕީޕީއެމް ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން ޕީޕީއެމްގެ ރައީސް ތަމްސީލުކުރައްވާ އިރު، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެތަނެއްގައި ހުރުމަށް ޕީޕީއެމްގެ އެއްވެސް ގަވައިދެއް ހުރަސް ނާޅާ ކަމަށާއި އަދި ޕީޕީއެމްގެ ރައީސް ގެ ފަރާތުން ތަމްސީލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގެ ބާރު ޕީޕީއެމްގެ އަސާސީ ގަވާއިދުން ޕީޕީއެމްގެ ރައީސަށް ލިބިގެންވާ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ވެއެވެ. އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި، ގާނޫނުއަސާސީއާ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ހައްގުތަކުން މަހުރޫމްކޮށް ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ގެންގޮސްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ހައްގުތައް ގެއްލިގެންދާގޮތަށް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ފާރިސްގެ މައްޗަށް ހުކުމެއް ކުރުމެއް ނެތި 11 މަސް ދުވަސް ޖަލުގައި ހޭދަކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި މިއީ މިސަރުކާރުން ގަސްތުގައި ފާރިސަށް ދީފައިވާ އަނިޔާއެއް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ވެއެވެ. އެންމެ ފުރަތަމަ ފާރިސް ހައްޔަރު ކުރެވުނު ދުވަހު ވެސް އަދި އޭގެ ކުރިން އެކިފަހަރުމަތީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވުނު ފަހަރަތަކުގައި ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ އަދި މިހާރު ވެސް ޔަގީންކަން ދެއްވާކަމަކީ ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ޖިނާއީ ކުށުގެ އަމަލުތަކެއް ކަމަށް ބުނެ ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ސިޔާސީ ނުފޫޒަށް ތަބާވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ޝަރީއަތްތައް ވެސް ކުރިޔަށް ގެންދަވަނީ ސިޔާސީ ނުފޫޒުގެ ތެރޭގައި ވަކިބޭފުޅަކު ބޭނުންވާ ގޮތަށް ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށާއި ފާރިސްގެ އެވާހަކަތައް މިހާތަނަށް ވެސް ޝަރުއީ ކޯޓުތަކުގެ އެކި މަރުހަލާތަކުގައި ހިނގަމުންދާ މައްސަލަތަކުން ފާޅުކަން ބޮޑުގޮތެއްގައި ހާމަވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. ދައުލަތުގެ މުއައްސަސާތަކާއި މަގާމުތަކުގައި ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ބޭފުޅުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާއަށް ޣާފިލުނުވެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް ވެސް ފާރިސް މައުމޫން ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވާކަން ވެސް ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. ބޭއިންސާފުން ކިތަންމެ ބައިވަރު ހުކުމެއް ކުރިޔަސް އިންސާފު އަރާ ހަމަކުރާނެ ދުވަހެއް ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި މިފަދަ އެއްވެސް ކަމެއްގެ ސަބަބުން އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާރިސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ދިވެހި ރައްޔިތުންގެ ހައްގުގައި ފާރިސް ވެވަޑައި ގަންނަވަމުންގެންދަވާ ގުރުބާނީއަށް ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ސާބަސް ދަންނަވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އަދި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ކުރަމުންގެންދަވާ އިސްލާހީ މަސައްކަތުގައި ފާރިސް ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރެފައިވާ އެބަޔާން ނިންމާލަމުން ވަނީ ފާރިސާއި އެންމެހާ ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް