Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

ޥޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ ހަވީރު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 17:48
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން

މާދަމާއަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ މެމްބަރުންނަން ހާއްސަ ދުވަހަކެވެ. އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބު ބާއްވާ ދުވަހެއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބެއް ނަމަވެސް ކެޑިޑޭޓުންގެ ކެމްޕޭން ކުރިއަށް ގެންދަނީ ވަރަށް ފޯރިއާއި އެކުގައެވެ. ވާދަވެރިކަން އެކަން އެކަމުން ހާމަވެގެން ދެއެވެ. މާދަމާ އެމްޑީޕީގެ މެމްބަރުން ނިންމުން ވޯޓުން ނިންމާނެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާ ހަވީރު 15.00 ފެށިގެން 18.00 އަށް އެޕާޓީގެ ހަރުގެ ތަކުގައެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ޕާޓީގެ ގޮފިތަކަށާއި ރަށް ރަށުގެ އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށެވެ. ޖުމްލަ 150 ވޯޓް ފޮށި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓަން ވަނީ ނިންމާފައެވެ. މީގެ ކުރިން އެޕާޓީގެ އެތެރޭ އިންތިޚާބުތަކުގައި ލަންކާގައިވެސް ވޯޓް ފޮށި ބެހެއްޓިނަމަވެސް، މި އިންތިހާބުގައި ލަންކާގައި ވޯޓް ފޮށި ނުބަހައްޓަން އެޕާޓީން ވަނީ ނިންމާފައެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ ވަހީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

މި ތިން ބޭފުޅުންގެ ކެމްޕޭން ޓީމްތަށް ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކޮށް، މަގާމަށް އިންތިހާބް ވެއްޖެނަމަ ކަންކުރާނެ ގޮތް އެޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުންނާއި ހިއްސާކޮށްފައެވެ. ކެމްޕެއިން ޓީމްތަކުގައި އެޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވާ އިރު، ކޮންމެ ކެނޑިޑޭޓެއްވެސް ދަނީ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޙާބު ކާމިޔާބު ކޮށްދިނުމަށް ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް ބުނަމުނެވެ. އަދި އެމްޑީޕީގެ ގޮފިތަކަށް ބާރުވެރިކުރުމަށް، ރަށްރަށުގެ ހަރުގެ ހަރަކާތްތަށް ފޯރިއާއި އެކު ކުރިއަށް ގެންދިއުމަށް ކުރާނެ ކަންކަމާއިމެދު ދަނީ ވައުދުވަމުނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް އަލީ ނިޔާޒް ވަނީ ހޮވިފައެވެ. އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ރަސްމީކޮށް ކަށަވަރުވާނީ މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓު ނަގާއިރު މަދުވެގެން 10 ޕަސެންޓް ވޯޓު ލިބުމުންނެވެ. ނަމަވެސް އަލީ ނިޔާޒް އިންތިޚާބުވީ އެމަޤާމަށް ކުރިމަތިލެއްވީ އޭނާ އެކަނިކަމަށް ވުމުންނެވެ. ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައިވެސް ހުންނެވި ބޭފުޅާއެވެ. ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު