Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ދޫކުރި ލޯންތަކުގެ 70 ޕަސެންޓް ވިޔަފާރި ކާމިޔާބު: މިނިސްޓްރީ

ލޯނުތައް ނަގާ ފަރާތްތަކުގެ ވިޔަފާރި ވަރަށް ކާމިޔާބު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 24 ޖޫން 2018 | އާދީއްތަ 13:19
އެސްއެމްއީ ލޯންގެ ވަރކްޝޮޕް

އެސްއެމްއީ ލޯންގެ ވަރކްޝޮޕް

އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލޯންތަކުގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓާއި 80 ޕަސެންޓް ފަރާތްތަކަކީ ކާމިޔާބު ކަމާ އެކު ވިޔަފާރި ކުރިއަށްގެންދާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގެޓްސެޓް ޕްރޮގްރާމުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލޯން ސްކީމްތަކަށް އާންމުންގެ ތާއީދު ވަރަށް ބޮޑަށް ލިބިގެންދާއިރު ވިޔަފާރިތަކަށް ތަނަވަސްކޮށްދޭ ފުރުސަތުގައި ގިނަ ބަޔަކު ކާމިޔާބު ވިޔަފާރިތައް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުން މޯގޭޖެއް ނުވަތަ ސެކިއުރިޓީއެއް ނެތި، ވަރަށް ލުއި ފަސޭހަކޮށް އޯޕެން ކޮށްލާފައި ވަނީ. ނަމަވެސް އެފަދަ ޕްރޮގްރާމެއް ނާޖައިސް ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރާ މީހުންނެއް ނުތިބޭ،" މަހީލް ވިދާޅުވި އެވެ.

މަހީލް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވާ ގެޓްސެޓާއި ފަސޭހަ މަދަދާއި އެސްއެމްއީ ލޯނު ނަގާ ފަރާތްތަކުގެ ތެރެއިން 70 އާއި 80 ޕަސެންޓާ ދެމެދުގެ މީހުން ކާމިޔާބު ވިޔަފާރިތައް ހިންގުމަކީ އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މަހީލް ވިދާޅުވީ، އެފަދަ ލޯނުތަކުގެ ތެރެއިން ކުރިއަށްގެންދާ ވިޔަފާރިތައް ކާމިޔާބު ނުވުމަށް އާންމު ގޮތެއްގައި ދިމާވަނީ ވިޔަފާރި ކުރުމުގައި ޕާޓްނަރުންނާ ދިމާވާ މައްސަލަތައް ކަމަށެވެ.

"މީގެ އިތުރުން ބައެއް ފަހަރު ޕްރޮޕޯސަލް ހުށަހަޅާ ވިޔަފާރި ނޫން އެހެން ކަމެއް ކުރުމަށް އެދިދާނެ. އެހެން ނަމަވެސް އެގޮތަކަށް އަޅުގަނޑުމެންނަށް ފުރުސަތެއް ނުދެވޭނެ. ވަރަށް ގިނަ ކަންކަމަށް ބަލާފައި އަޅުގަނޑުމެން މި ފުރުސަތު ދެވިގެންދަނީ،" މަހީލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ބީއެމްއެލްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި

ބީއެމްއެލްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި

31 އޮކްޓޯބަރު 2017
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ

31 އޮކްޓޯބަރު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު